ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން އެއްގަމު ތޮށި ލުމަށް ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ބުނެފައިވަނީ މިމަސައްކަތުގެ 75 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ބާރޖް އިއްޔެ ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ.
ރަސްމާދޫގައި ކުރިން އޮތް ބަނދަރު ބޭނުން ނުކުރެވޭ ވަރަށްވަނީ ހަލާކުވެފައެވެ. މިކަމުގެ ސަބަބުން ކަންނެލީގެ މަސްވެރިކަން ކުރާ ގިނަ ބަޔަކު އުޅޭ ރަސްމާދޫގައި ގެންގުޅޭ ބޮޑެތި އޮޑިދޯނިފަހަރު ފަޅުގައި އެޅުމަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އަދި ބަނދަރުގެ ބޭރޮ ތޮށި އެއްކޮށް ހަލާކުވެފައި އޮތުމަކީ ވެސް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
Work on design and build of R. Rasmaadhoo Harbor is well underway, with overall 75% project progress. The first barge of precast concrete blocks required for quay wall construction have been delivered to the project site on 9th January 2022.#MTCCProjects #RayyithungeKunfuni pic.twitter.com/UMCzZkPmqt
— MTCC Plc (@MTCCPlc) January 10, 2022
ރަސްމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް ނިމިފައިވާއިރު، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ. މިހާރު ކުރަމުންދަނީ ބަނދަރަށް އަލަށް އިތުރު ކުރާ 190 ފޫޓު ދިގު 90 ފޫޓު ފުޅާ ސަރަހައްދު ފުންކުރުމުގެ މަސަކަތް ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
އަދި 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫއަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
One Response
ތީ ކުރިންވެސް ހަދާފަ އޮތް ބަނދަރެއް.