ކިންގް ސަލްމާން މިސްކިތް ހުޅުވަން 1.6 މިލިއަން ޑޮލަރު ބޭނުންވޭ: މިނިސްޓަރު

ކިންގް ސަލްމާން މިސްކިތް ހުޅުވަން 1.6 މިލިއަން ޑޮލަރު ބޭނުންވޭ: މިނިސްޓަރު

Author
admin
10 ޖެނުއަރީ 2022 08:02
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސައުދީ އަބިއާގެ އެހީތެރިކަމާއެކު މާލޭގައި ބިނާކުރި ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް 1.6 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ. ޒާހިރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ފޮނުއްވެވި ސިޓީފުޅެއްގައެވެ.

އެ ސިޓީގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެ މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީން ވަޑައިގެންނެވި ވަފްދުން ވަނީ މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކަންބޮޑުވުމަކީ އެ ފައިސާ ލިބުން ލަސްވާތީ މިސްކިތް ނުހުޅުވި ލަސްވާ ލަސްވުމެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ އެ މިސްކިތް ހުޅުވުން ލަސްވުމުގެ ސަބަބުން ގިނަ ބަޔަކު މިނިސްޓަރީއަށް ކަންބޮޑުވުންތައް އަންނަނީ ހިއްސާކުރަމުންނެވެ. އެހެންކަމުން އެ މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ހަމަޖައްސަވައިދެއްވުމަށް މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އަރިހުން އެދިވަޑައިގެންފައެވެ.

އެ މިސްކިތަށް ބޭނުންވާ ފަރުނީޗަރު ނުހޯދިއްޖެނަމަ އަންނަ ރަމަޟާން މަހަށް އެ މިސްކިތް ނުހުޅުވޭނެ ކަމަށް މިނިސްޓަރު އެ ސިޓީގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.