ޙާލަތު އިތުރަށް ގޯސްވަނީ، މިއަދުވެސް 384 މީހުން ޕޮޒިޓިވް

ޙާލަތު އިތުރަށް ގޯސްވަނީ، މިއަދުވެސް 384 މީހުން ޕޮޒިޓިވް

ރާއްޖެއިން އިތުރު 384 މީހުން ކޯވިޑަށް ޕޮޒިޓިވްވެ ބަލީގެ ހާލަތު ގޮސްވަމުން އަންނަކަން ހާމަވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވި 384 މީހުންގެ ތެރެއިން ގިނައީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވް ވީ މީހުންނެވެ. އެގޮތުން މާލެ ސަރައްހައްދުން 153 މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ރަށްރަށުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ 102 މީހުންނެވެ. އަދި ރިސޯޓްތަކުން 117 މީހެއްވަނީ ޕޮޒިޓިވްވެފައެވެ. އަދި ސަފާރީތަކުންވަނީ 1 މީހަކު ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 98،052އަށް އަރާފައެވެ.

އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ އިތުރުވާން ފަށާފައެވެ. މިވަގުތު 3511މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 18 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 173 މީހުންވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 94،264 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،730 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 264 މީހަކު ވަނީ ނިޔާވެފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ފެތުރެމުން އަންނާތީ މިދުވަސްވަރު ޗުއްޓީއާއި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *