އެފްއޭކަޕްގެ ހަތަރުވަނަ ބުރުން ޗެލްސީއާއި، ލެސްޓަރ ޖާގަހޯދައިފި

އެފްއޭކަޕްގެ ހަތަރުވަނަ ބުރުން ޗެލްސީއާއި، ލެސްޓަރ ޖާގަހޯދައިފި

އިނގިރޭސި އެފްއޭކަޕްގެ ހަތަރުވަނަ ބުރަށް ޗެލްސީއާއި، ލެސްޓަރ ސިޓީން ޖާގަ ހޯދައިފިއެވެ.

ޗެލްސީ ހަތަރުވަނަ ބުރުން ޖާގަހޯދީ ޗެސްޓާފީލްޑް އަތުން 5-1 އިން މޮޅުވެގެންނެވެ. ފަސް ވަނަ ޑިވިޝަނުގެ ޗެސްޓާފީލްޑާ ދެކޮޅަށް ޗެލްސީން ވަނީ ފުރަތަމަ ހާފުގައި ވެސް ހަތަރު ގޯލު ޖަހާފައެވެ.

ފުރަތަމަ ހާފުގައި ޗެލްސީގެ ގޯލުތައް ޖެހީ ޓިމޯ ވާނާ، ކަލުމް ހަޑްސަން އޮޑޯއި، ރޮމެލޫ ލުކާކޫ އަދި އަންޑްރެއަސް ކްރިސްޓެންސަންއެވެ. މިއީ ދާދިފަހުން ކުލަބާ ގުޅުން ގޯސްވިފަހުން ލުކާކޫ ޖަހައިދިން ފުރަތަމަ ލަނޑެވެ. ހަކީމް ޒިޔެޗް ޗެލްސީގެ ފަސް ވަަނަ ގޯލު ޖެހިއިރު ޗެސްޓާފީލްޑްގެ ގޯލު ޖެހީ އަކްވާސޭ އަސާންޓީއެވެ.

އެފްއޭ ކަޕްގަ ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބާންލީ އަތުން 2-1 އިން ހަޑްސްފީލްޑް ވަނީ މޮޅުވެފައެވެ. ލެސްޓާ ސިޓީން ވަނީ އެ ޓީމަށް ޕްރިމިއާ ލީގު ހޯދައިދިން ކޯޗު ކްލައުޑިއޯ ރަނިއޭރީ އިރުޝާދުދޭ ވަޓްފޯޑް އަތުން 4-1 އިން މޮޅުވެފައެވެ. އަދި މިލްވޯލް ދަނޑުގައި ޕެޓްރިކް ވިއޭރާ ކޯޗުކޮށްދޭ ކްރިސްޓަލް ޕެލަސް މޮޅުވީ 2-1 އިންނެވެ.

އިނގިރޭސި އެފް އޭ ކަޕްގެ ހަތަރުވަނަ ބުރުން އެންމެފަހުގެ ޗެމްޕިއަން ލެސްޓަރ ސިޓީ ޖާގަހޯދީ ތިންވަނަ ބުރުގައި ވަޓްފޯޑާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ލެސްޓަރގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4 ލަނޑު އެއްލަނޑުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ޔޫރީ ޓިއެލެމަންސްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ޖަހައިދިނީ ޖޭމްސް މެޑިސަންއެވެ. ނަމަވެސް މިލަނޑު ޖެހިތާ ދެމިނެޓްފަހުން ވަޓްފޯޑުން ވަނީ ލަނޑެއް ޖަހާ ދެޓީމްގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖާއޮ ޕެޑްރޯއެވެ. މިމެޗްގައި ލެސްޓަރގެ ތިންވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހައިދިނީ ހާވީ ބާރންސްއެވެ. އަދި ފަހު ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހައިދިނީ މާރް އޯލްބަރައިޓަންއެވެ.

މިމެޗްގައި މިދެޓީމަށްވެސް ގިނަ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަ ކޮށްލެވެއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ ކޯވިޑް 19 އާއި މިރޭ ފެށުމަށް ހަމަޖެހިފާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ބައިވެރިވުމަށް ކުޅުންތެރިން ދޫކޮށްފައިވުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *