ރާއްޖޭގެ ރައްޔިތުން ޚާއްސަކޮށް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ހާމަކޮށްދޭންވީ އަދިވެސް ވޯޓު ދިނުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީއަށް ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އެމްޑީޕީއަށް ކުރާ އިތުބާރާއި، ދީފައިވާ ޔަގީންކަމަކީ ނުހަނު މަތީ އިތުބާރެއްކަމަށެވެ. އެމްޑީޕީއަށް ވެރިކަންދީ، މަޖިލީހުގެ 65 ގޮޑި ދިނީ ނުހަނު ބޮޑު އިތުބާރެއް ކުރާތީކަމަށެވެ.
ވާދަވެރި ސިޔާސީ ޕާޓީތަކުން އަދިވެސް ވަކާލާތު ކުރަނީ ހުޅުމާލެއަށް ރާއްޖެ ޖަމާކުރަން ކަމަށާއި، ނަމަވެސް އެމްޑީޕީއަކީ ރަށްތައް ތަރައްޤީކޮށް ޖަޒީރާ ދިރިއުޅުމަށް ތާއީދުކުރާ ރައްޔިތުންގެ ޕާޓީއެއްކަމަށެވެ. އެމްޑީޕީއަކީ ރާއްޖެ ތަރައްޤީ ކުރުމަށް އޮތް ވަސީލަތެއްކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ މިރާއްޖޭގައި އެމްޑީޕީ ނޫނީ ވޯޓުދިނުން އައުލާން ބޮޑު ޕާޓީއެއް އަދިވެސް ނެތްކަމަށެވެ. އެކަން އަނެއްކާވެސް ކަށަވަރު ކޮށްދޭންވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީއަކީ ބޭރުގެ ފަރާތްތަކާއި އެކަހެރިވެ ސިޔާސީ ކަންކަން ބައްޓަން ކުރާނެ ޕާޓީއެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެފަދަ ސިޔާސީ ޕާޓީތަކަށް ރާއްޖެއިން ފުރުސަތު ދީގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ ދުވަސްތަކެއް ވަންދެއް ރާއްޖޭގެ ވެރިކަން އެމްޑީޕީގައި އޮތުމަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަމަށެވެ.
އެމްޑީޕީން އަބަދުވެސް ސިޔާސަތު ގެންގުޅެނީ ރައްޔިތުންނަށް ލާބަ ލިބޭނެ ގޮތަކަށް ކަމަށެވެ. އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް މިއަދު ގެނެސްފައިވާ އަދި ގެންނަން އޮތް ތަރައްޤީ ގުޅިފައިވަނީ މިއިންތިޚާބާއި ކަމަށާއި، މިއިންތިޚާބުގައި ބޮޑުތަނުން ތިލަފަތް ބަރު ކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
2 Responses
ވޯޓް ދީގެން ގައުމުގެ މިނިވަންކަން ގެއްލުން ނޫން ކަމެއް ނެތް؟ އެކަން ދަނީ ފެންނަމުން.
ތިހެން ކިޔަކިޔާ ތިއްބާ މާލެ ސިޓީ ކައުންސިލު ފުރޮޅާލީވެސް .
ލައވް ކޮށް ޑެންމާކްގައި ﷲ އަށް ގޮންޖަހައި ރަސޫލާ(ޞޢވ) އަށް ފުރައްސާރަ ކޮށްފައި…..ބޯންޖެހޭނެ ކަމަށް ފާޅުގައި ވަކާލާތު ކޮށްފައި އައުލާކަން ބޮޑީއޭ މުންޖެކޭ ކިޔާނެ ކަމެއް ނެތް.
** މިކޮމެންޓެއް ޖަހާނެހެން ހިއެއް ނުވޭ. .