ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، އެއްވުން ރޫޅާލައި، 29 މީހަކު ހައްޔަރުކޮށްފި

ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، އެއްވުން ރޫޅާލައި، 29 މީހަކު ހައްޔަރުކޮށްފި

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާ އަށް ޖާގަ ނުދީ ގިނަ އިރުތަކެއް ވަންދެން ތިބުމަށްފަހު ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފިއެވެ.

މިއަދުގެ މުޒާހަރާ ފެށުމަށް އިދިކޮޅު ކޯލިޝަނުން ތައްޔާރުވުމާއިއެކު ގިނަ އަދަދެއްގެ ފުލުހުން ވަނީ ޕީޕީއެމް އޮފީސް ކުރިމަތީގައި އެތުރި ބެރިކޭޑްޖަހައި މަގުތަކަށް ނުނިކުމެވޭނެހެން މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅާފައވެެ. މުޒާހަރާގެ ބައިވެރިން މަގުތަކަށް ނިކުތުމަށް މަސައްކަތް ކުރިނަމަވެސް އެމަސައްކަތަށް ފުލުުހުންވަނީ ހުރަސް އަޅާފައެވެ.

އެއްވި މީހުންގެ ތެރެއަށް ހަވީރު 5:30 ކަންހާއިރު ގިނަ އަދަދެއްގެ ފުލުހުން އެއްވި މީހުންގެ ތެރެއަށް ވަދެ ބޭނުންވާ ވަކިވަކި މީހުން ހައްޔަރު ކުރަން ފެށިއެވެ. މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް އަނިޔާވެރި ގޮތަކަށެވެ. ބައެއް މީހުން ހައްޔަ ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ފެންނަ ގިނަ ވީޑިއޯތަކެއް ދައުރުވަމުންދާއިރު، މިވީޑިއޯތަކުގައި އަންހެން ބޭފުޅުން ހައްޔަރު ކުރުމުގައިވެސް ގިނަ އަދަދެއްގެ ފިރިހެން ފުލުހުން ހަރަކާތްތެރިވެފައިވާ މަންޒަރު ފެނެއެވެ.

އަދި ބައެއް މީހުން ހައްޔަރު ކުރުމުގައި ވަރަށް އަނިޔާވެރި ގޮތަކަށް ފަހަތަށް އަތް އަނބުރާލައި، ވެހިކަލަށް އަރުވާ މަންޒަރުވެސް ވަނީ ފެނިފައެވެ. މިމުޒާހަރާގެ ތެރެއިން ޖުމްލަ 29 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިއީ މިފަހުން އެންމެ ގިނަ އަދަދަކަށް ފުލުހުންގެ ބެލުމުދަށަށް މީހުން ގެންދިޔަ މުޒާހަރާއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކީ އިތުރަށް ވަނީ ފުޅާ ކޮށްފައެވެ. އެގޮތުން މި ހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިންޑިއާގެ އައުޓް ހަރަކާތުގައި ބައިވެރިވި ބައެއް މީހުން ހައްޔަރު ކޮށްފައިވާއިރު، މިއަދުވެސް މާލޭގައި އިންޑިއާ އައުޓްގެ ނަމުގައި ބޮޑު ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *