ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު 264އަށް

ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު 264އަށް

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2022 05:20
0

ކޯވިޑް ބަލީގައި ރާއްޖޭގައި ޢުމުރުން 79 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ރޭ މެންދަމު އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ ޢުމުރުން 79 އަހަރުގެ ދިވެހި ފިރިހެނަކު މެންދަމު 03:12 ހާއިރު ނިޔާވެފައިވާކަމަށެވެ. އެޗްޕީއޭގެ އުސޫލުތަކާއެކު ނިޔާވާ މީހުން ކޯވިޑަށް ޓެސްޓުކުރުމުގެ އުސޫލުގެ ދަށުން މިމީހާ ޓެސްޓުކުރުމުން ކޯވިޑަށް ޕޮޒިޓިވްވެފައިވާތީ މިއީ ކޯވިޑް މަރެއްގެ ގޮތުގައި އެޗްޕީއޭއިންވަނީ ރިޕޯޓުކޮށްފައެވެ. މިއާއެކު ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދުވަނީ 264އަށް އަރާފައެވެ.

މިބަލީގައި ރާއްޖެއިން ގިނައިން ނިޔާވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ. ވެކްސިނާއި ބަލި ޖެހޭމިންވަރު ކޮންޓްރޯލް ކުރެވުމުގެ ސަބަބުން މިބަލީގައި ނިޔާވަމުންދާ މީހުންގެ ޢަދަދުވަނީ މަދުވެފައެވެ.

އާއަހަރާ ދިމާކޮށް ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުންގެ ޢަދަދުއިތުރުވުމާއެކު ބަލީގައި އިތުރުބައެއްގެ ފުރާނަ ނުރައްކަލަށް ހުށައެޅުމުގެ ފުރުސަތު އޮތީ ބޮޑުވެފައެވެ. އެހެންކަމުން މިދުވަސްވަރު މިބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.