އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް- އިންތޚާބުގެ މައްސަލަ މިގާރު ވަނީ ކޯޓަށް ހުށަހަޅުއްވާފަ

އިންތިޚާބުގެ މައްސަލަ ޓްރަމްޕް ކޯޓަށް ހުށަހަޅުއްވައިފި

އިންތިޚާބުގެ މައްސަލަ ޓްރަމްޕް ކޯޓަށް ހުށަހަޅުއްވައިފި

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ މަގު އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕަށް ހަނިވަމުންދާއިރު، އިންތިޚާބުގައި އިދިކޮޅު ފަރާތްތަކާއި އަދި އިލެކްޝަން އޮފިޝަލުން މަކަރު ހަދާފައިވާކަމަށް ތުހުމަތު ކުރައްވާ  އިންތިޚާބުގެ މައްސަލަ ޓްރަމްޕް ކޯޓަށް ހުށަހަޅުއްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ މައްސަލަ ޓްރަމްޕް ކޯޓަށް ހުށަހައްވާފައިވާއިރު، އިންތިޚާބުގެ ނަތީޖާ ނެރުމަށް މިހާރު ދެ ކެމްޕޭނުންވެސް ބަރޯސާ ވަމުންދަނީ މަދު ސްޓޭޓްތަކެއްގެ މައްޗަށެވެ.

މިގޮތުން މިހާރު ނަތީޖާ އިއުލާނު ނުކުރެވިވާ އެރިޒޯނާ، ނެވާޑާ، ޖޯޖިއާ، ވިސްކަސިން އަދި ޕެންސިލްވޭނިއާގައި ދެކެޑިޑޭޓުންވެސް ވާދަކުރަމުންދަނީ ވަރަށް ވާދަވެރިކަމާ އެކުއެވެ.

މިގޮތުން ޕެންސިލްވޭނިއާގއި ދެކެޑިޑޭޓުންގެ މެދުގައި 164،414 ވޯޓުގެ ތަފާތު އުޅޭއިރު އެރިޒޯނާގައި ދެކެޑިޑޭޓުންގެ މެދުގައި އުޅެނީ 68،390 ވޯޓުގެ ތަފާތެވެ. އަދި ޖޯޖިއާގައި 18،540 ވޯޓުގެ ތަފާތު ދެކެޑިޑޭޓުންގެ ދެމެދުގައި ހުރިއިރު ނެވާޑާގައި ދެކެޑިޑޭޓުންގެ ދެމެދުގައި އުޅެނީ އެންމެ 7،647 ވޯޓުގެ ތަފާތެވެ.

މި ހަތަރު ސްޓޭޓުގައި ދެކެޑިޑޭޓުންވެސް ގާތްގާތުގައި ވާދަކުރަމުން ދާއިރު، ޓަރަމްޕްވަނީ މިސްޓޭޓުތަކުގައި ވޯޓު ގުނުން ހުއްޓުވުމަކަށް ގެނައުމަށްޓަކާ ކޯޓުގެ އަމުރަކަށް އެދިވަޑައިގެންފައެވެ.

ޕެންސެލްވޭނިއާ އަދި މިޗިގަންގައި ޓްރަމްޕްގެ ލޯޔަރުން މައްސަލަ ހުށަހަޅުއްވަމުން ގާނޫނީ ވިދާޅުވެފައިވަނީ މިދެސްޓޭޓުގައި ރިޕަބްލިކަން ޕާޓީގެ އޮބްޒާވަރުންނަށް ވޯޓުލާ ސަރަހައްދު އޮބްޒާވްކުރުމަށް އެކަށީގެންވާ ފުރުސަތު ފޯރުކޮށްދީފައި ނުވާކަމަށެވެ. މިގޮތުން، ވޯޓު ފޮށިތައް ހުޅުވާ ވަގުތުގައާއި، ގުނަމުންދާއިރު، ކެޑިޑޭޓުގެ މަންދޫބުންނަށް ހާޒިރުވެތިބުމުގެ ފުރުސަތަކީ ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތަކަކަށް ވާއިރު، މިހައްގުތައް ފުރިހަމައަށް ޓްރަމްޕް ތަމްސީލުކުރާ އޮބްޒާވަރުންނަށް ލިބިދީފައި ނުވާކަމަށް ޓްރަމްޕްގެ ލޯޔަރުން ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެއެވެ.

އަދި ޓްރަމްޕްގެ ލޯޔަރުން ވިދާޅުވެފައިވަނި ވަރަށް ކައިރިން ދެކެޑިޑޭޓުން ވާދަކުރަމުންދާ ސްޓޭޓެއް ކަމުގައިވާ ވިސްކަންސިންގެ ވޯޓު އަލުން ގުނުމަށްވެސް އެބޭފުޅުން ކޯޓަށް ހުށަހަޅުއްވާފައި ވާކަމަށެވެ.

އަންގާރަ ދުވަހުގެ ފަހުގެ ވަގުތެއްގައި ޓްރަމްޕްގެ ކެމްޕޭނުން ބުނެފައިވާގޮތުގައި، ރިޕަބްލިކަން އޮބްޒާވަރަކަށް، ކުރިން ވޯޓުލާފައިވާ ވޯޓުފޮއްޓަކަށް ވޯޓުތަކެއް ފަހުން އަޅާތަން ފެނިފައިވާތީ ވޯޓު އެފޮށިތައްކައިރީ ތިބި ބައެއް އޮފިޝަލުންގެ މައްޗަށްވެސް ދައުވާ ކޮށްދިނުމަށް އެދިފައި ވާކަމަށެވ. އަދި އެމެރިކާގެ އިލެކްޝަން ބޯޑާއި ދެކޮޅަށްވެސް ޓްރަމްޕް ވަނީ ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ.

ޓްރަމްޕްގެ ކެމްޕެން ޓީމުން ބުނެފައިވާ ގޮތުގައި ވޯޓު ފޮށްޓަށް އިތުރަށް ވޯޓު އަޅައިގެން އިންތިޚާބު ޖަހައިގަތުމުގެ ފުރުސަތު ޓްރަމްޕް ބައިޑްންއަށް ނުދެއްވާނެއެވެ.

ޓްރަމްޕްގެ އަމިއްލަ ލޯޔަރ ރޫޑީ ގިލާނީ ބުދަ ދުވަހު ވިދާޅުވެފައިވަނީ ޕެންސަލްވޭނިއާގައި ޓްރަމްޕްގެ އޮބްޒާވަރުންނަށް ވޯޓްލާ ސަރައްދުން އެކަށީގެންވާ ފުރުސަތު ލިބިފައި ނުވާއިރު، ވިސްކަންސިންގައިވެސް މިފަދައިން ކަންކަން ހިގާފައިވާތީ އެސްޓޭޓުގެ ވޯޓު އޮފިޝަލުންނާއި ދެކޮޅަށްވެސް މައްސަލަ ކޯޓަށް ހުށަހެޅުއްވުމާމެދު ޓްރަމްޕްގެ ލޯޔަރުންގެ ޓީމުން ދަނީ ވިސްނަމުންނެވެ.

މިހާރުގެ ނަތީޖާއަށް ބަލާއިރު އިންތިޚާބު ކާމިޔާބު ކުރުމަށް ޖޯ ބައިޑްން އިތުރަށް ބޭނުން ވަނީ އެންމެ 7 އިލެކްޓޯރަލް ވޯޓެވެ.

މިހާތަނަށް އައިއިރު ޓްރަމްޕަށް ކާމިޔާބު ކުރެވޭނެ ކަމަށް ދައްކަނީ 50 ސްޓޭޓުގެ ތެރެއިން 23 ސްޓޭޓެކެވެ. މީގެތެރޭ ކުރީގެ ހީކުރުންތަކާއި ޚިލާފަށް، ބޮޑެތި ބައެއް ސްޓޭޓްތައް ކަމުގައިވާ ޓެކްސަސް، އޮހާއޯ އަދި ފްލޮރިޑާ ހިމެނެއެވެ.

އިންތިޚާބުގައި މަކަރުހަދާފައިވާ ކަމުގެ ތުހުމަތު ޓްރަމަޕް ކުރައްވާފައި ވިނަމަވެސް މިހާތަނަށް އައިއިރު ސާބިތު ހެއްކެއް ދައްކަވާފައި ނުވެއެވެ.

ޓްރަމްޕް މި ތުހުމަތުތަކަށް ޖޯ ބައިޑްންވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިއެވެ. އަދި ބައިޑްންއަށް ތާއީދު ކުރާފަރާތްތަކުން، ވޯޓު ގުނަމުންދާ ސަރަހައްދުތަކުގައި، ވޯޓު ގުނުން ކުރިޔަށް ގެންދިއުމަށް ގޮވާލާ ދަނީ މުޒާހިރާ ކުރަމުންނެވެ.

މިހާރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއިންތިޚާބަކީ ފާއިތުވެދިޔަ 120 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އެމެރިކާގައި ރައްޔިތުން ވޯޓުލާން ނިކުތް އިންތިޚާބެވެ. މިހާރު ދައްކާގޮތުން މިއިންތިޚާބުގައި %66.9 ރައްޔިތުން ވަނީ ވޯޓުލާފައެވެ.

އެހެން އަހަރުތަކުގެ އިންތިޚާބުތަކާއި ޚިލާފަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 100 މިލިއަނަށްވުރެ ގިނަ އެމެރިކާގެ ރައްޔިތުންވަނީ ދުރާލާ ވޯޓު ލާފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ރައްޔިތުން ވޯޓުލާފައިވަނީ ޕޯސްޓުގެ ޒަރީއާއިންނެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *