އައްޑޫ ސިޓީގައި ކޯވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީގައި ކޯވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
04 ޖެނުއަރީ 2022 10:30
0

އައްޑޫ ސިޓީ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމުރުން 82 އަހަރުގެ އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗްޕީއޭއިން ވިދާޅުވީ އައްޑޫ ސިޓީ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިމީހާ ނިޔާވީ ދަންވަރު 2:30 ގައިކަމަށެވެ. މިއީ ބަލީގައި ރާއްޖެއިން ނިޔާވި 262ވަނަ މީހާއެވެ.

ކޯވިޑް ބަލީގައި އެންމެ ފަހުން ރާއްޖެއިން ނިޔާވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ކޯވިޑް19ގެ ގިނަ ކޭސްތައް މިހާރު ފެންނަމުންދާއިރު، ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ނިސްބަތްވެސް ވަނީ އިތުރުވެފައެވެ. ކޯވިޑްގެ ހާލަތު އެންމެ ގޯސްވެ، އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިއަހަރުގެ މެއި މަހުއެވެ. އެމަހު އެކަނިވެސް 88 މީހަކު ނިޔާވެފައިވެއެވެ. އަދި ފާއިތުވި އޮކްޓޫބަރު މަހު ނިޔާވެފައިވަނީ 12 މީހެކެވެ.

މިވަގުތު 2،609 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 12 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.