ހުޅުމާލޭގައި ސުވިމިންގ ޕޫލަކަށް ވެއްޓި ކުޑަ ކުއްޖަކު ނިޔާވެއްޖެ

ހުޅުމާލޭގައި ސުވިމިންގ ޕޫލަކަށް ވެއްޓި ކުޑަ ކުއްޖަކު ނިޔާވެއްޖެ

Author
ހުސެއިން
03 ޖެނުއަރީ 2022 06:12
0

ހުޅުމާލޭ އޯޝަން ފްރަންޓް ރެސިޑެންސްގެ ސްވިމިންގ ޕޫލަށް ވެއްޓި 4 އަހަރުގެ ކުޑަ ކުއްޖަކު ނިޔާ ވެއްޖެއެވެ.

ފުލުހުންގެ ފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި، އުމުރުން 4 އަހަރުގެ ފިރިހެން ކުއްޖަކު އޯޝަން ފްރަންޓް ރެސިޑެންސްގެ ސްވިމިންގ ޕޫލަށް ވެއްޓިގެން ހުޅުމާޅޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ، މިއަދު 17:190ގައި ކަމުގައެވެ.

އަދި 17:40 ހާއިރު އެކުއްޖާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ހާމަ ކޮށްފައި ވެއެވެ.

ފުލުހުންގެ ފަރާތުން ބުނެފައިވަނީ، ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުން ދާކަމުގައެވެ.

ތަފްސީލް އަންނަނީ…

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.