ބައްޕައަކު އަންހެން ދަރިއަކަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލަ ތަހުޤީގްކުރަނީ

ބައްޕައަކު އަންހެން ދަރިއަކަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލަ ތަހުޤީގްކުރަނީ

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2022 10:41
0

ބައްޕައަކު އޭނާގެ އަންހެން ދަރިއަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލަ ފުލުހުން ތަހުގީގް ކުރަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލޭގައި 21 އަހަރުގެ އަންހެން ކުއްޖަކަށް ގެވެށި އަނިޔާކުރި މައްސަލަ އާދިއްތަ ދުވަހުގެ މެންދުރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމަށެވެ. އެކުއްޖާއަށް އިއްޔެ މެންދުރުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭތެރޭގައި ދެކެވުނު ވާހަކައެއްގެ ތެރޭ ދެބަސްވެ، ބައްޕަ ދަރިފުޅަށް އަނިޔާކުރުމުގެ ސަބަބުން މޭކަށިގަނޑުގައި ވަނީ ރެނދުލައިފައެވެ. އަދި ކަރުގައި ހިފުމުގެ ސަބަބުން ކަރުތެރެ ވަރަށް ބޮޑަށް ދުޅަވެ އިތުރު އަނިޔާތައް ވެސް ވެފައި އެބަހުއްޓެވެ.

އޭނާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންގޮސްފައިވަނި އައިޖީއެމްއެޗް އަށެވެ. އައިޖީއެމްއެޗުން ކަމާ ގުޅުންހުރި އިދާރާތަކަށް މިކަން އަންގާފައެެއް ނުވެއެވެ. އެއަށްފަހު އިތުރު ފަރުވާއަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިއުމުން އެ ހޮސްޕިޓަލުން ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް މިކަން އަންގާފައެވެ.

ޖެންޑަރ މިނިސްޓްރީއާ ގުޅިގެން ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Halaaku
bahpaetta noonee aeedusminehta
އ އަމާން
ބައްޕައަކަށް ވިޔަސް ވެސް ތިޔަ ފަދަ ޢަމަލެއް ހިންގުމަކީ އެއްވެސް އުސޫލަކުން ކުރެވިގެން ވާނެ ކަމެއް ނޫން..ހެޔޮވަރުގެ އަދަބެއް ދޭންޖެހޭނެ.