ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން ހަމަހަމަ

ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން ހަމަހަމަ

Author
ޔޫސުފް
03 ޖެނުއަރީ 2022 12:31
0

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޗެލްސީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗު އެއްވަރުވީ، 2-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު މެޗުގެ 9 ވަނަ މިނެޓުގައިލިވަޕޫލަށް ކާމިޔާބުކޮށްދިނީ ސާދިއޯ މާނޭއެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު 26 ވަނަ މިނެޓުގައި ކާމިޔާބުކުރީ މުހައްމަދު ސަލާހެވެ. މިއީ މި ސީޒަނުގައި އޭނާގެ16 ވަނަ ލަނޑެވެ.

ލިވަޕޫލުން 2 ލަނޑުގެ ލީޑެއްގައި އޮވެ ކުޅެމުންދިޔައިރު، ޗެލްސީން ވަނީ އެޓީމަށް ލިބުނު ފުރުޞަތުތަކުގައި ލިވަޕޫލްގެ ގޯލަށް ނުރައްކާކޮށްފައެވެ. އޭގެނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީން ވަނީ ފަހަތުން އަރައި 2 ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ޗެލްސީން މި މެޗުގައި ޖެހިފުރަތަމަ ލަނޑު  42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ކޮވަސިޗްއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ގޯލުގެއަރިމަތީ ދަނޑީގަވެސް ޖެހިފައެވެ. މެޗުގެ ނަތީޖާ ޗެލްސީއަށް ހަމަހަމަކޮށްދިން ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ،ޕުލިސިޗްއެވެ.

މި ނަތީޖާއާއެކު ތާވަލުގެ ދެވަނައިގައި ޗެލްސީ އޮތީ 21 މެޗުން 43 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ލިވަޕޫލް އޮތީ އެއް މެޗު މަދުން ކުޅެގެން 42 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ ދިހަ ޕޮއިންޓުގެ ފަރަގަކާއެކު 53 ޕޮއިންޓާއެކު އެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.