ހިޔާ ފްލެޓް ސަރަޙައްދުގައި ރޯވި އަލިފާން ނިއްވާލައިފި

ހިޔާ ފްލެޓް ސަރަޙައްދުގައި ރޯވި އަލިފާން ނިއްވާލައިފި

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2022 08:11
0

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓް ޓަވަރު 13 އަދި 14 ކުރިމަތީ ޖަމާކޮށްފައި ހުރި ކުނިތަކުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 12:56 ހާއިރު ކަމަށެވެ. އަލިފާނުގެ ރިޕޯޓް ލިބުމާއިއެކު އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން އެސަރަހައްދަށް ގޮސް އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލާފައިވަނީ ރޭ 02:10 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ހިޔާ ފްލެޓް ސަރަހައްުދުގައި ޖަމާކުރާ ކުނިތަކުގައި ދޭތެރެ ދޭތެރެއން އަލިފާން ރޯކޮށްލައެވެ.

ގިނަ އަދަދެއްގެ ކުނި ޖަމާކުރާނެ މާބޮޑު އިންތިޒާމެއް ނެތުމުން، ކުނިތައް ފުންޏަކަށް ހަޖާފައި ހުންނާތީ ގިނަ ބަޔަކަށް އެކަމުގެ އުދަގުލާއި ދަތިތައްވެސް ދަނީ ފޯރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.