އިރާގުގެ ރައްޔިތުންނަށް އެއްބައިވަން ވުމަށާއި، އަރަބި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް އެއްވިސްނުމަކަށް އައުމަށް ގޮވާލައްވަމުން، އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިން ދަންޖައްސާ އަވަހާރަ ކޮށްލިތާ 15 އަހަރު ފުރުން އޭނާގެ ދަރިކަނބަލުން ރަޢުދާ ސައްދާމް ހުސެއިން ފާހަގަ ކޮށްފިއެވެ.
ބައްޕާފުޅު ސައްދާމް ހުސެއިންގެ ފޮޓޯފުޅެއްގެ ކުރިމަތީގައި އިންނަވާ ވާހަކަ ދައްކަވަމުން ރަޢުދާ ސައްދާމް ހުސެއިން ވިދާޅުވެފައިވަނީ، މިއި، ނިސްބަތްވާ ދަރިކޮޅަކަށް، ވަންހައަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންވެސް، "ކުށެއް ކުރެވިފައިވާ ރައްޔިތަކު ނަމަވެސް" އެކަކު އަނެކަކަށް މާފްކޮށް، އެބައްވަންތަ ވާންވީ ވަގުތު ކަމުގައެވެ.
WATCH: Saddam Hussein's daughter, Raghad, marks 15 years since he was executed by calling on #Iraq-is to unite and come to terms with changes in the Arab world.https://t.co/VmKfs13wq6 pic.twitter.com/sQqmMqra60
— Al Arabiya English (@AlArabiya_Eng) December 30, 2021
ރަޢުދާ ސައްދާމް ހުސެއިން ވިދާޅުވި ގޮތުގައި، އަރަބި ގައުމުތަކުގެ ތެރެއިން ވަކި ގައުމަކާ ޚާއްސަ ގުޅުމެއް ބޭއްވުމަށްޓަކާ އިރާގުން ވަކި ގައުމަކާ ދެކޮޅުވެރި ވެގެން ނުވާނޭ ކަމުގައެވެ. "އަހަރެމެން އެމީހުންނަށް (އަރަބި ގައުމުތަކަށް) މި ގޮވާލަނީ އެމީހުންގެ މެދުގައި ހުރި ދެބަސްވުންތައް ފިލުވާލުމަށް، ސަބަބަކީ އެމީހުންގެ (އަރަބި ގައުމުތަކުގެ) ބާރަކީ އަހަރެމެންގެ (އިރާގުގެ) ބާރަށްވެސް ވެގެންދާނެތީ،" ކުރިން ރެކޯޑް ކޮށްގެން ގެނެސްދިން ވީޑިއޯ މެސެޖުގައި ރަޢުދާ ސައްދާމް ހުސެއިން ވިދާޅުވެފައި ވެއެވެ.
އިރާގުގެ ސިޔާސީ މައިދާނަށް ކުރިޔަށް އޮތްތަނުގައި ވަޑައި ނުގަންނަވާނޭކަން ކަށަވަރު ކޮށްދެއްވާފައިވާ ނުވާ، ރަޢުދާ ސައްދާމް ހުސެއިން ވިދާޅުވި ގޮތުގައި، އިރާގުގެ ރައްޔިތުން މާފް ކޮށްގެން ނުވާނެ ކަމައެކަނި ފަރާތްތަކަކީ، "އޮކްޓޯބަރ ރިވޮލިއުޝަން" ގެ ބެލެނެވެރިންނަށް ކަމަށެވެ. އޭނާ އިޝާރާތް ކުރައްވާފައިވަނީ، އިރާގުގެ ރައްޔިތުންނާއި، މުޒާހިރާ ކުރި ފަރާތްތައް ބަޑިޖަހާ މަރާފައިވާ އިރާގުގެ ސިފައިންނަށާއި އިރާނުން ތާއީދު ކުރާ ހަގުރާމަވެރިންނަށެވެ.
އިރާގުގެ ރައްޔިތުން ދުވަހަކުވެސް މިމީހުން ބަލައެއް ނުގަންނާނެ، އެއީ މިމީހުންނަށް ކިތަންމެ ވަރުގަދަ އެހީތެރިކަމެއް ލިބެމުންދިޔަ ނަމަވެސް، އަދި އިރާގަށް ކިތަންމެ ބޮޑު ޕްރެޝަރެއް ކުރިމަތި ކުރުވި ނަމަވެސް. އެންމެ ފަހު ބަސް އިއްވާނީ ތިޔަ ބޭފުޅުން، އިރާގުގެ ބަތަލުން،" އިރާގުގައި ހަރަކާތްތެރި ވަމުންދާ އިރާނަށް ތާޢީދުކުރާ ހަގުރާމަވެރިންނަށް ކަމަށް ބެލެވޭ ގޮތަށް އިޝާރާތް ކުރައްވަމުން ރަޢުދާ ސައްދާމް ހުސެއިން ވިދާޅުވެފައި ވެއެވެ.
ސައްދާމް ހުސެއިން ދަންޖައްސާ އަވަހާރަ ކޮށްލާފައިވަނީ، 2006 ވަނަ އަހަރުގެ ޑިސެމްބަރު މަރުގެ 30 ވަނަ ދުވަހު، އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތުގައި، އެމެރިކާގެ ތާއީދާއެކީ އިރާގުގައި އޭރި އެކުލަވާލެވުނު ސަރުކާރުންނެވެ.