ހިޔާ ފްލެޓްގައި ރޭގަނޑު 10 އިން ފެށިގެން އަޑުގަދަވާ ޒާތުގެ މަސައްކަތް ނުކުރެވޭނެކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނެފައިވަނީ ހިޔާ 7000 ފުލެޓުތަކުގެ ގްރޭސް ޕީރިއަޑް އިތުރު ކުރުމާއި ގުޅިގެން، ފުލެޓުތަކުގެ އެތެރޭގެ މަސައްކަތް ކުރުމަށް މިހާތަނަށް ދޫކުރެވިފައިވާ ހުއްދައިގެ މުއްދަތު 31 މާރޗް 2012 އާއި ހަމަޔަށް އިތުރުކޮށްދެވިފައިވާ ކަމަށެވެ.
އަދި ހިޔާ ފުލެޓު ތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެމުންދާތީވެ، ރޭގަނޑު 10:00 އިން ފެށިގެން ހެނދުނު 8:00 އާއި ދެމެދު އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން މީގެކުރިން ވަނީ މާދަމާ އިން ފެށިގެން ގާކުނި އަދި އެޒާތުގެ އެހެނިހެން ކުނި އުކާލަންޖެހޭނީ ފްލެޓްތަކުގެ ވެރިފަރާތުން އެކަމަށް ހާއްސަކޮށްފައިވާ މުއައްސަސާތަކާ ގުޅިގެން ކަމަށް އަންގާފައެވެ. ނަމަވެސް ހިޔާ ސަރަހައްދުގެ މަގުތައް ހަދާ ނިމެންދެން އެކަމަށް އަމަލުކުރުން އެޗްޑީސީން މިހާރު ވަނީ ފަސްކޮށްފައެވެ.
މީގެ އިތުރުން، ހިޔާ ޓަވަރުތަކުގައި ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވުމުން އެފަރާތްތަކަށް ދިމާވާ ދަތިތައް ކުޑަ ކުރުމަށްޓަކައި، ފުލެޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުން ވީހާވެސް އަވަހަށް ފުލެޓުގެ އެތެރޭގެ މަސައްކަތްތައް ނިންމައި އެޗްޑީސީން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
One Response
ތީވަރަށް ރަނގަޅުކަމެއް އަހަރެންގެ އާއިލާދިރިއުޅެމުންމިދާ ގޭކުރިމަތީ މިހާރު ބަންގާޅީން ބާދަގަނޑުއެއްކުރާތަނެއްހަދައިގެން ދަންވަރުދޭއްތިނެއްޖަހާއިރުވެސް ދަގަނޑު ތައްއުކާއަޑާއި އެއްޗެހިރޫޅަންތަޅާއަޑާއި ކީހާއަޑާއިހެދި މަދުރެޔަކު ހަމަނިދި މިނިދާލެވެނީ މިތަނަކީ ޕާލްމެޑިލްއިމާރާތާއި ޖެހިގެން އައިކެއާގޯޅީގައި ހުންނަތަނެއް މިކަންހުއްޓުވަން ހަދާނެގޮތެއް ގުޅާނެދިމާއެއްނޭގިފަމިހުރީ….