މިހާތަނަށް 85 މިލިއަން ރުފިޔާ މުދަލުގެ ޒަކާތުގެ ގޮތުގައި ދައްކައިފި

މިހާތަނަށް 85 މިލިއަން ރުފިޔާ މުދަލުގެ ޒަކާތުގެ ގޮތުގައި ދައްކައިފި

Author
ހުސެއިން
31 ޑިސެމްބަރ 2021 07:55
0
މި އަހަރުގެ މިހާތަނަށް މުދަލުޒަކާތުގެ ގޮތުގައި މުޅިރާއްޖެއިން 85 މިލިޔަން ރުފިޔާވަނީ ދައްކާފައި ވާކަމަށް އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު އަލީ ވިދާޅު ވެއްޖެއެވެ.
މިނިސަޓަރ އަލީ ޒާހިރު ކުރެއްވި ވިދާޅުވެފައި ވަނީ، މިއީ މިހާތަނަށް އެންމެ ގިނައިން މުދަލުޒަކާތް ދެއްކި އަހަރު ކަމަށެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވަނީ، މައިގަނޑު ތިން ޝަރުތެއް ހަމަވުމުންނެވެ. އެއީ މުދަލުގެ ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވެ، އެއަށް ހިޖުރީ އަހަރުން، އެއްއަހަރު ފުރުމާއި، ތިމާގެ ފުރިހަމަ މިލްކުވެރިކަމުގައި އެ މުދާ ހުރުމެވެ. މުދަލު ޒަކާތުގެ ނިޞާބަކީ ރަނުން ނަމަ 85 ގުރާމެވެ. ރިހިންނަމަ 595 ގުރާމެވެ. ދިވެހި ރާއްޖޭގައި ނިޞާބު ބަލަނީ ރިހިންނެވެ. ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ފައިސާއިން ޒަކާތުގެ ނިޞާބަށް ޖެހޭ ޢަދަދަށް ބަދަލު މީހެއްގެ އަތުގައި ހުރި މުދަލުގެ ނިޞާބު ހަމަވެ، ނިޞާބަށްވުރެ މަދުނުވެ ހިޖުރީ ސަނަތުން އެއްއަހަރު ވެއްޖެ ނަމަ، އެމުދަލުގެ ސާޅީސްބައިކުޅަ އެއްބައި، ޒަކާތަށް ނެރުން ވާޖިބުވާނެއެވެ.

ޒަކާތް ނެރުން ވާޖިބުވެފައިވާ މީހާ، ޒަކާތް ނެރުން ފަސްކުޅައުން ހުއްދަވެގެންނެއް ނުވެއެވެ. ވިޔަފާރިވެރިޔަކު ނަމަ، ނިޞާބު ހަމަވޭތޯ ބަލާނީ އަތުގައި ހުރި ފައިސާގެ ތެރެއަށް ވިޔަފާރި މުދާ ގަތް އަގު އެއްކޮށް ޖުމްލަ އަގުންނެވެ. ކުންފުނި ހިންގާ ފަރާތުން ޒަކާތް ނުނެރޭ ނަމަ، ކުންފުނީގެ ޙިއްސާދާރުން އަމިއްލައަށް އެމީހެއްގެ ހިއްސާއާއި، ފައިދާގެ ޒަކާތް ނެރުން ވާޖިބުވާނެއެވެ. ޙިއްސާގެ އަގުން ޒަކާތް ނެރޭނީ އެއީ ގަނެވިއްކާ ޙިއްޞާ ކަމުގައި ވާނަމައެވެ. އެނޫން ޙިއްޞާތަކުން ޒަކާތް ވާޖިބުވާނީ އެއިން ލިބޭ ފައިދާ އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.