އެމެރިކާގައި ކޯވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު ދަށަށް، އެހެންމަވެސް އޮމިކްރޮންގެ ކޭސްތައް މައްޗަށް

އެމެރިކާގައި ކޯވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު ދަށަށް، އެހެންމަވެސް އޮމިކްރޮންގެ ކޭސްތައް މައްޗަށް

Author
ހުސެއިން
30 ޑިސެމްބަރ 2021 05:17
0

އެމެރިކާގައި އޮމިކްރޮން ވޭރިއެންޓަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުން ދިޔަ ނަމަވެސް، ކޯވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު ދަށް ވާން ފަށާފައިވާކަމަށް އެގައުމުގެ ފެޑެރަލް ހެލްތު އޮފިޝަލުން ވިދާޅު ވެއްޖެއެވެ. އަދި އޮފިޝަލުން ވިދާޅުވާ ގޮތުގައި، އޮމިކްރޮންއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވިނަމަވެސް، އެހެން ސްޓްރެއިންތަކަށްވުރެ އޮމިކްރޮންއިން ލިބޭ ގެއްލުންތައް ކުޑަވާނެކަމަށް މިހާރު ބެލެވޭ ކަމަށެވެ.

އެމެރިކާގެ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރ ރޮޝެލް ވެލެންސްކީ، ބުދަދުވަހުގެ ބްރީފިންގގައި ވިދާޅުވެފައިވަނީ، އެމެރިކާގެ ބައެއް ހިސާބުތަކުގައި ކުރީ ހަފްތާއާއި އަޅާ ބަލާއިރު، ޕޮޒިޓިވްވާ މީހުންގެ އަދަދު %60 މަތިވެގެންގޮސްފައި ވަނީ އޮމިކްރޮން ވޭރިއެންޓްގެ ސަބަބުން ކަމުގައެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ހަމަ މި މުއްދަތުގައި މި ބަލީގައި މީހުން މަރުވާ ނިސްބަތް %7 ދަށަށް ގޮސްފައިވާ ކަމުގައެވެ. މިގޮތުން ފާއިތުވެދިޔަ 7 ދުވަހު، އެވެރެޖްކޮށް އެމެރިކާގައި މަރުވެފައިވަނީ ދުވާލަކަށް 1،100 މީހުންނެވެ.

އެމެރިކާގެ ރައީސް ޖޯބައިޑްންގެ މެދިކަލް އެޑްވައިޒަރ އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީސެސްގެ ވެރިޔާ އެންތަނީ ފައުޗީ ވިދާޅުވެފައިވާ ގޮތުގައި، ކޯވިޑް19ގެ އެހެން ވޭރިއެންޓްތަކަށްވުރެ އޮމިކްރޮންގެ ނުރައްކާތެރިކަން ކުޑަ ނަމަވެސް، މި ވޭރިއެންޓަކީ މާ ފަސޭހައިން ގައިންގަޔަށް އަރާ ވޭރިއެންޓަކަށް ވުމުން، މި ވޭރިއެންޓްގެ ސަބަބުން ހޮސްޕިޓަލްތަކަށް ނުކަތާވަރަށް ގިނަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށްވެސް ބޮޑު ކަމުގައެވެ.

އަދި ފައުޗީ ވިދާޅުވި ގޮތުގައި، މިހާރު ހުރި ވެކްސިންތަކުން ރެކިގަތުމުގެ ގާބިލްކަން އޮމިކްރޮން ވޭރިއެންޓުން ވަރަށް ރަގަޅަށް ފެނިގެން ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިގޮތުން ނުލިބި ހުންނަ ރައްކާތެރިކަން، ބޫސްޓަރ ޑޯޒް ޖެހުމުން ލިބިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

އެމެރިކާގެ ސީޑީސީން އަންދާޒާ ކުރާ ގޮތުގައި އެގައުމުގައި މިހާރު ކޯވިޑަށް ޕޮޒިޓިވް ވަމުންދާ މީހުންގެ %55 އަކީ އޮމިކްރޮން ވޭރިއެންޓުގެ ސަބަބުން ޕޮޒިޓިވް ވަމުންދާ މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.