އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން ޗެލްސީ އެއްވަރުވިއިރު، ޗެމްޕިއަން ސިޓީ ބްރެންޓްފޯޑް ބަލިކޮށް އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ލީގުގެ އެއްވަނައިގައި 8 ޕޮއިންޓްގެ ލީޑެއްގައި އޮތް ސިޓީ ރޭ ބްރެންޓްފޯޑްގެ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. އަދި ޗެލްސީ އަމިއްލަ ދަނޑުގައިބްރައިޓަން އަތުން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ސިޓީ އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗުގައި ސިޓީން ޖެހި ހަމައެކަނި ލަނޑު އެޓީމުން ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މި ލަނޑު މެޗުގެ 16 ވަނަމިނެޓުގައި ސިޓީއަަށް ކާމިޔާބުކޮށްދިނީ، ފިލް ފޮަޑެންއެވެ. ސިޓީން ވަނީ މެޗު ނިމެން ކައިިރިވެފައިވަނިކޮށް އިތުރު ލަނޑެއްވެސް ޖަހާފައެެވެ. ނަމަވެސް ލަޕޯޓާޖެހި މި ލަނޑު އޮފްސައިޑް ކަމަށް ވީއޭއާރު ބެލުމަަށްފަހު ރެފްރީ ވަނީ ނިންމާފައެވެ.
މި ނަތީޖާއާއެކު ސިޓީ ވަނީ އެއްވަނައިގައި 8 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ސިޓީން ވަނީ މިހާތަނަަށް ކުަޅުނު 20 މެޗުން 50 ޕޮއިންޓް ހަމަކޮަށްފައެވެ.
ޕްރިމިއާ ލީގުގައި ރޭ ޗެލްސީ ބްރައިޓަން އަތުން އެއްވަރުވީ މެޗުގެ ފަހު ވަގުތު ބްރައިޓަން އިން ކާމިޔާބުކުރި ލަނޑާއެކު 1-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ޗެލްސީން ޖެހި ލަނޑަކީ އެޓީމަށް ލިބުނު ކޯނަރަކުން ރޮމޭލޫ ލުކާކޫ ކާމިޔާބުކޮށްދިން ލަނޑެކެއެވެ. ޗެލްސީން ލަނޑު ޖަހާ ލީޑު ނެގި ފަހުންބްރައިޓަން އިންވަނީ ޗެލްސީގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 90 މިނެޓު ހަމަވެގެން ދެއްކިއިތުރު ވަގުތުގެ ތެރޭގައި ބްރައިޓަން އިން ކުރި މަސައްކަތް ކާމިޔާބުވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނީ ވެލްބެކް ކާމިޔާބުކޮށްދިންލަނޑުންނެވެ.
މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 20 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. އަދި ބްރައިޓަނާ އެއްވަރުކުރި ޗެލްސީން ތާވަލުގެދެވަނައަށް ޖެހިލިއިރު، އެ ޓީމަށް ވަނީ 20 މެޗުން 42 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ލިވަޕޫލަށް 19 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު،ދެން ލިވަޕޫލަށް ކުޅެން އޮތީ ޗެލްސީ މެޗެވެ.