ސިޔާސީ މަންފާއަށް 2004 އިން ފެށިގެން ބޯހިޔާވަހިކަމުގެ ވާހަކަ އެމްޑީޕީން ދަނީ ދައްކަމުން: ސަލީމް

ސިޔާސީ މަންފާއަށް 2004 އިން ފެށިގެން ބޯހިޔާވަހިކަމުގެ ވާހަކަ އެމްޑީޕީން ދަނީ ދައްކަމުން: ސަލީމް

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2021 11:37
0

ބޯހިޔާވަހިކަމަކީ ސިޔާސީ ގޮތުން މަންފާ ހޯދާކަމަށް ދައްކާ ވާހަކައެއްގެ ގޮތުގައި 2004 އިން ފެށިގެން އެމްޑީޕީން ވަނީ ހަދާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެފައިވާއިރު އެކަމުން ސިޔާސީ މަންފާ ހޯދަން ކަމުގެ ހަގީގަތް އޮޅުވާލައިގެން ބަޔަކު ވާހަކަ ދައްކަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި ވާހަތަކާއި ގުޅިގެން ސަލީމް ވިދާޅުވީ ބޯހިޔާ ވަހިކަމުގެ ވައުދުތާއި، އެވާހަތަކަކީ އެމްޑީޕީން 2004 އިން ފެށިގެން ސިޔާސީ ގޮތުން ވަކި މަންފާތަކެއް ހާސިލް ކުރުމަށް ދައްކަމުންދިޔަ ވާހަތަކެއްކަމަށެވެ.

ބޯހިޔާވަހިކަމުގެ ވާހަކަ އެމްޑީޕީން ދައްކާތާ އެތަކެއް އަހަރުތަކެއް ވެގެންދާއިރު، މިއަދާއިހަމައަށްވެސް އެއްވެސް ހައްލެއް އެމްޑީޕީއަށް ދެއްކިފައި ނުވާއިރު، ސިޔާސީ ގޮތުން މަންފާ ހޯދުމަށް މިވާހަކަ ދައްކަނީ ކޮންބައެއްކަމާއިމެދު ވަރަށް ސާފުކޮށް އެގޭނެކަމަށް ސަލީމް ވިދާޅުވިއެވެ.

2004 ވަނަ އަހަރުން ފެށިގެން ސިޔާސީ ފައިދާ އަށް މި ވާހަކަ ދެއްކީ ކޮންބައެއްތޯ؟ އެހެން މީހުންނަށް މިވާހަކަ ދައްކަން ދަސްކޮށްދިނީ ކޮންބައެއްތޯ؟ މިއީ އަމިއްލަ ފުޅަށް ވިސްނާލަން ވީކަމެއް.

– ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގެ 23 ރަށެއްގައި ފެނާ ނަރުދަމާގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ މުހިއްމު އަސާސީ ހިދުމަތްތައް ހޯދައިދިނުމަށްޓަކައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ. އޭގެތެރެއިން ވެސް އެންމެ މުހިއްމު ކަމަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަކަން ނުވަތަ ގޯތިގެދޮރުގެ މައްސަލަ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ މައްސަލަ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި ދެކިގެން ރައްޔިތުން ވާހަކަ ދައްކާ ކަމަށެވެ. އެކަމަކު އޭގެތެރެއިން ވެސް ސިޔާސީ މަންފާ ހޯދުމަށް ގަސްދުގައި ކަން އޮތް ގޮތް ފިޔަވައި އެހެން ގޮތްގޮތަށް އެވާހަކަ ދައްކާ މީހުން އުޅޭ ކަމަށް ވެސް ވިދާޅުވިއެވެ.

ސިޔާސީ އެކިއެކި ފައިދާ ހޯދުމަށް ކަނޑައެޅިގެން ކަން އޮތްގޮތް އެނގިގެން މިވާހަކަ ދައްކާ މީހުން އެބަ އުޅޭ. އަޅުގަނޑުމެން މި ހުރިހާ ވާހަކައެއް ވެސް އަޑުއަހަން.

– ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން މާލޭގެ ރައްޔިތުންގެ ގޯތިގެދޮރުގެ މަސައްކަތްތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ. އެގޮތުން މިހާރު ވެސް ހުޅުމާލޭގައި 5000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި މާލޭގެ ރައްޔިތުންނަށް އެ ސަރަހައްދުން ގޯތި ދިނުމަށް ރާވާފައިވާ ކަމުގެ ޔަގީންކަން ދެއްވެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

b birubodu
ސަލީމްތިޔަވިދަަާޅުވީ ވަރަށްރަގަޅުވާހަކަފުޅެއް މައުމުޫނުދައުރުގައި ދިއައީ މާކުރިންވެސް ބޯހިޔާވެހިކަމަށް ގޯތިއާ ފުލެޓުތަށް މީސްމީހުންނަށްދެމުން އެމް ޑީޕީ ވެރިކަމަށް އަރަން ހޭބަލިވި 2005 ގެދުވަސްކޮޅުގައި ގެދޮރެއްގެ ވާހަކަ ދެކެވުނީ އެހެންނޫންތޯވީ ވަރަށްސާފް
ސ ސުޖާއު
ޙުޅުމާލެއިންވެސް މަނިކުފާނަށް ވަނީ ފުދޭވަރަކަށް ބިންތައް ކުރީ ދައުރުގައިވެސް ލިބިފައި ނޫންތޯއެވެ؟ އަދިވެސް ލިބުނުވަރު މަދުވެގެން މިހާރުވެސް ތިހުންނަވަނީ ތުންފިއްތައިގެން ނޫންތޯއެވެ؟ ތިޔައީ ހުސް