އެއްވެސް ޤައުމެއްގައި އެހެން ޤައުމެއްގެއްގެ ސިފައިން ނެތި ފަހުގެ ތާރީހެއްގައި ތަރައްޤީ ކުރެވުނު އެއްވެސް ޤައުމެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ބޭލުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ "ހިންގާ އިންޑިއާ އައުޓް" ހަރަކާތަށް އިޝާރާތް ކުރައްވައި ކަމަށް ބެލެވެއެވެ. އިދިކޮޅު ކޯލިޝަނުން ދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް މާލެ އާއި އަތޮޅު ތެރޭގައިވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިހަރަކާތްތަކުގައި އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް ޔާމީންވެސް ގެންދަވަނީ ބައިވެރިވަމުންނެވެ.
ރާއްޖޭގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކާއި ގުޅިގެންނާއި އަދި ޤައުމުގައި އޮތް ސިޔާސީ ހަމަޖެހުމަށްވެސް އަލި އަޅުވާލައި ޝަރީފް ވިދާޅުވީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ބޭރުގެ ސިފައިން ނެތި ތަރައްޤީ ކުރެވުނު ޤައުމެއް މިފަހުގެ ތާރީހެއްގައި ނެތްކަމަށެވެ. ވަކި ވަކި ޤައުމުތަކުން މިސާލު ނަންވަމުން ޝަރީފް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ހުރިހާ ޤައުމެއްވެސް ތަރައްޤީވެ ކުރިއަަރައި ގޮސްފައިވަނީ ބޭރުގެ ސިފައިން އެޤައުމުތަކުގައި ތިބެގެން ކަމަށެވެ.
ސިޔާސީ ހަމަޖެހުމާއި، ބޭރުގައުމެއްގެ ސިފައިން ނެތި ފަހުގެ ތާރީހެއްގައި ތަރައްގީކުރެވުނު އެއްވެސް ގައުމެއް މިދުނިޔޭގައި އެބައޮތްތޯ، ސިންގަޕޫރު، ކޮރެއާއި، ޖަރުމަން، ޖަޕާން، ޑުބައި، ގަތަރު ކަމުގައި ވިއަސް،
– ޝަރީފް ވިދާޅުވިއެވެ.
ަިސިޔާސީ ހަމަޖެހުމާއި، ބޭރުގައުމެއްގެ ސިފައިން ނެތި ފަހުގެ ތާރީހެއްގައި ތަރައްގީކުރެވުނު އެއްވެސް ގައުމެއް މިދުނިޔޭގައި އެބައޮތްތޯ، ސިންގަޕޫރު، ކޮރެއާއި، ޖަރުމަން، ޖަޕާން، ޑުބައި، ގަތަރު ކަމުގައި ވިއަސް،،
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) December 30, 2021
މިސަރުކާރު ވެރިކަމަށް އައިފަހުން އިންޑިއާއާއިއެކު އޮތް ގާތް ގުޅުންތަކުގެ ސަބަބުން ރާއްޖޭގައި ހިންގާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކުގެ އެންމެ ބޮޑު ބައިވެރިއަކީވެސް އިންޑިއާއެވެ. ނަމަވެސް އިންޑިއާގެ ކުންފުނިތަކުން މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދާތީ މަޝްރޫޢުތައް ލަސްވުމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
ރާއްޖޭގައިތިބި އިންޑިއާ ސިފައިން ބޭލުމަށް ހިންގާ ހަރާކްތަތަކާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ މިއީ އަވަށްޓެރި ޤައުމުތަކާއި އޮތް ގުޅުން ހީނަރުކޮށް، ޤައުމުތަކުގެ ޚާރީޖީ ސިޔާސަތާއި ދެކޮޅަށް ހިންގޭ ޖަރީމާއެއްކަމަށެވެ. އަދި މިހަރަކާތް ހިންގުމަށް ސަރުކާރުން ފުރުސަތު ނުދޭނެކަމަށާއި، މިކަން ހުއްޓުވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެކަމުގެ އިންޒާރުވެސް ސަރުކާރުންވަނީ އިދިކޮޅު ފަރާތްތަކަށް ދީފައެވެ.
ކޮމެންޓު ފޮނުވާ