ސިޔާސީ މަންފާ އަށްޓަކައި އަނެކާގެ ޝަޚުސު ކަތިލުމުން ދުރުވާންޖެހޭ: ޑރ.ޝަހީމް

ސިޔާސީ މަންފާ އަށްޓަކައި އަނެކާގެ ޝަޚުސު ކަތިލުމުން ދުރުވާންޖެހޭ: ޑރ.ޝަހީމް

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2021 10:35
0

ސިޔާސީ މަންފާ އަށްޓަކައި އަނެކާގެ ޝަޚުސު ކަތިލުމުން ދުރުވާންޖެހޭ ކަމުގައި ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިފަދައިން ވިދާޅުވީ އަވަށްޓެރި ގައުމުތަކުގެ އެހީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއެރުން ހޯދަމުން އަންނަ ކަމަށާއި މިކަން ހުއްޓުވުމަށް އެކި ޝިއާރުތަކުގައި މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިއްޔެ އިދިކޮޅު ފަރާތްތަކަށް ކުރެއްވި ިތުހުމަތު ތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ. ސިޔާސީ ފަރާތްތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސް ދައުރެއް އަދާކުރަމުންދާކަމަށް އިމްރާން ތުހުމަތު ކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އިމްރާނަށް އަމާޒުވެފައެވެ.

މިކަމާއި ގުޅިގެން ޑރ.ޝަހީމް ވިދާޅުވީ އެއްވެސް ހަގީގަތެއް ނެތްކަމެއްގައި މީހުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވައި، ދޮގު ތުހުމަތު ކުރުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. ސިޔާސީ ގޮތުން ލިބެން އޮތް މަންފާއަކަށް ބަލައިގެން އެނެކާގެ ޝަޚުސު ކަތިލައި ދޮގު އިލްޒާމު އުޅެވުންފަދަ ނުބައި ނުލަފާ ކަންކަމުން ތިމާ ދުރުވާންޖެހޭކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

އެހެން މީހުންގެ ބޮލުގައި އިލްޒާމު އެޅުވުމާއި، ބިންމަތީގައި ފިތުނަ ފަސާދަކޮށް މީސްތަކުގެ ހައްގުތަކުން މީސްތަކުން މަހުރޫމް ކުރުމާއި، ދޮގު ހެދުމާއި، އޮޅުވާލުމާއި، ހައްގަކާއި ނުލައި ޒާތީ ގޮތުން އަދާވާތްތެރިވިމާއި ސިޔާސީ މަންފާ އަށްޓަކައި އަނެކާގެ ޝަޚުސު ކަތިލުމުން ދުރުވާންޖެހޭ.

– ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ރާއްޖޭގައި އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނާއި ގުޅިގެން ސަރުކާރުގެ އިސްބޭފުޅުންގެ ނުރުހުމާއި ފާޑުކިޔުންވަނީ އެކެމްޕެއިނަށް އަމާޒުވެފައެވެ. އަދި މިހަރަކާތް ކުރިއަށް ނުގެންދެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅުން ކުރަމުންދާ މަސައްކަތާއި އެންމެ ބޮޑަށް ގުޅުވާ އެއްކަމަކީ އިންޑިއާ މަގުން ރާއްޖެ އެތެރެކުރާ މަސްތުވާ ތަކެޗެެ.

ސަރުކާރައި އަދި މަޖިލީޙުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވެސް ވިދާޅުވަމުންދަނީ، މިހަރަކާތަކީ ޑްރަގު ނެޓްވޯކްތަކާއި ގުޅިފައިވާ ހަރަކާތެއްކަމަށެވެ. ނަމަވެސް މިހާތަނަށް އެގޮތަށް ދައްކަވަމުންދިޔަ އެއްވެސް ވާހަކައެއްގެ ހަގީގަތެއް ސަރުކާރަށް ހާމަކޮށް ދެވިފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.