ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަހަށް ދަމަހައްޓައިފި

ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަހަށް ދަމަހައްޓައިފި

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2021 08:08
0

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ޢިއުލާންކޮށްފައިވާ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. ކޯވިޑް-19އާ ގުޅިގެން 12 މާޗް 2020ގައި ޢިއުލާންކުރި ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު މިފަހަރުވެސް އިތުރުކުރީ އިތުރު އެއްމަސް ދުވަހުގެ މުއްދަތަކަށެވެ.

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ސޮއިކުރައްވައި ނެރެފައިވާ ޤަރާރުގައި ވަނީ ކޯވިޑާ ގުޅިގެން ރާއްޖޭގައި އޮތް ޙާލަތު ރަނގަޅުކުރުމަށް އަޅަންޖެހ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާކަމަށެވެ. އެގޮތުން އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ ޖެނުއަރީ މަހުގެ 22ވަނަ ދުވަހާއި ހަމައަށް ވަނީ ދަމަހައްޓާފައެވެ.

ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާއްމު ސިއްޙާތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރެވޭނީ އެންމެ ދިގުވެގެން މަހެއްގެ މުއްދަތަކަށެވެ. މިގޮތުން މިއީ މިޙާލަތުގައި މި މުއްދަތު އިތުރުކުރި 22ވަނަ ފަހަރެވެ. މިޙާލަތުގައި ޚާއްސަ ފިޔަވަޅުތައް އެޅުމުގެ ބާރު ޤާނޫނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދެއެވެ. އެގޮތުން ކޯވިޑްއިން ރައްކާތެރިވުމަށް ރަށްރަށުގައި އާއި މާލޭގައި އުސޫލުތައް ކަނޑައަޅާ ތަންފީޒީ އިދާރާތަކަށް އެނގުމަށް ޑީޖީގެ މައްޗަށް ލާޒިމުކުރެއެވެ.

ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް އިތުރު މަހަކަށް ދަމަހައްޓާފައިވާއިރު ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ފެތުރެމުންދާ ކޯވިޑްގެ އައު ވޭރިއަންޓެއް ކަމުގައިވާ "އޮމިކްރޯން" އިން ރައްކާތެރިވުމަށް ރާއްޖެއިންވަނީ ބައެއް ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައެވެ. އަދި ރާއްޖޭގައިވެސް ރައްކާތެރިވުމުގެ ގޮތުން ކުރިންވެސް ދީފައިވާ އިރުޝާދުތަކައި އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.