ތިލަފުށީފައި ޖުންގަކުން ވެއްޓި ބިދޭސީއަކުން މަރުވެއްޖެ

ތިލަފުށީފައި ޖުންގަކުން ވެއްޓި ބިދޭސީއަކުން މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2021 12:21
0

ކ. ތިލަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަނިކޮށް ބިދޭސީ ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ.

މިހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ގާތްގަނޑަށް 20 ފޫޓުގެ އުސް ޖުންގަކުން ވެއްޓި މިމީހާ މަރުވެފައިވަނީ ވެއްޓުނުތާ މާގިނަ އިރުތަކެއް ނުވަނީސްއެވެ. އޭނާ ވަގުތުން މާލެ ގެންދިއުމަށް މަސައްކަތް ފެށިނަމަވެސް ތިލަފުށީގައި އެމްބިއުލާންސެއް ނެތުމުން އޭނާ ދޯންޔާއި ހަމައަށް ގެންދިއުމަށްވެސް ގިނަ ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިލަފުށިން އެމީހާ ގެނައި އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. ހޮސްޕިޓަލަށް އެމީހާގެ ހަށިގަނޑު ގެނައީ މިއަދު ހެނދުނު 9:53 ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ.

ސިނާއީ ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ތިލަފުށީފައި މިފަދަ ހާދިސާއަކަށް އެކަށީގެންވާ ފަރުވާއެއް ދެވޭނެ ގޮތެއްވެސް ނެތުމަކީ މަސައްކަތްތެރިންގެ ބޮޑު ކަންބޮޑުވުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.