ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަނީ

ބީލަމުގެ އުސޫލުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ގޯތި ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިންހުޅުވާލައިފިއެވެ. އެޗްޑީސީން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށ ހުޅުވާލާފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ހަމަޖެހިފައިވަނީ، 1،603.07 (އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި، 2،633.82 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް އަށެއް ދޭއް) އަކަފޫޓާއި ދެމެދުގެ، ޖުމްލަ 60 ބިމެވެ.

މީގެ ތެރޭގައި ހިމެނެނީ އަތިރިމަތިން 26 ގޯއްޗާއި، އަތިރިމައްޗާ ކައިރިން 34 ގޯއްޗެވެ. މިފަހަރު ހުޅުވާލާ ފުރުޞަތުގައި އިސްކަން ދޭނީ އަލަށް ބިން ގަންނަ ފަރާތްތަކަށްކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައި ނުވާ މީހުންނަށެވެ. ކޮންމެ މީހަކަށްވެސް ގަނެވޭނީ އެއް ބިމެވެ. އިތުރަށް ހިމެނޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، 18އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭނެއެވެ.

ބިން ގަތުމަށް ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީ ކުރެވޭނީ 2 ޖަނަވަނީ 2022އިން ފެށިގެން، 31 ޖަނަވަރީ 2022ގެ ނިޔަލަށެވެ.

ދޫކުރާ ގޯތިތަކުގެ ތެރެއިން ބީޗް ފްރަންޓުން ކަނޑައެޅިފައިވާ ބިންތަކަށް އެދި ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ 09 ފެބްރުއަރީ 2022ވާ ބުދަ ދުވަހުއެވެ. އަދި ބީޗް ސައިޑުން ކަނޑައެޅިފައިވާ ބިންތަކަށް ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ 16 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުއެވެ.

މި ދެ ބާވަތުގެ ބިންތަކަށް ވެސް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000 (ތިން ލައްކަ ވިހި ހާސް) ރުފިޔާ ދައްކަންޖެހޭނެއެވެ. 2017ވަނަ އަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް ހުޅުމާލޭ ފަޅުން 240 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. ދެވަނަ ފިޔަވަހި ޚާއްސަކުރަނީ ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކަށެވެ. އިޤްތިޞާދީ ހަބުތައްވެސް ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *