ގާޒާ ސިޓީން އޮމިކްރޮން ވޭރިއެންޓްގެ ފުރަތަމަ ކޭސް ފެނިއްޖެ

ގާޒާ ސިޓީން އޮމިކްރޮން ވޭރިއެންޓްގެ ފުރަތަމަ ކޭސް ފެނިއްޖެ

Author
ހުސެއިން
26 ޑިސެމްބަރ 2021 06:48
0

ފަލްސީނުގެ ގާޒާ ސިޓީން ކޯވިޑް19ގެ އޮމިކްރޮން ވޭރިއެންޓްގެ ފުރަތަމަ ކޭސް ފެނިއްޖެކަމަށް، ފަލަސްތީނުގެ ހެލްތު މިނިސްރީން ބުނެފިއެވެ.

ފަލްތީނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލުން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ، އޮމިކްރޮން ވޭރިއެންޓަށް ޕޮޒޮޓިވް ވެފައިވަނީ، އައްސޭރިފަށުގައި އޮންނަ މިސިޓީގައި ދިިރިއުޅެމުންދާ މާީހަކު ކަމުގައެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވެފައިވަނީ، މީގެ މާނައަކީ، ފާއިތުވެދިޔަ ނޮވެމްބަރުމަހު، ދެކުނު އެފްރިކާއިން ފެނުނު މި ވައިރަސް މިހާރު ގާޒާ ސިޓީގެ އާންމުގެ ތެރޭގައި ފެތުރެން ފަށާފައި ވުމެވެ.

އިސްރާއީލުން އެތައް އަހަރެއް ވަންދެން ހިސާރު ކޮށްފައިވާ ގާޒާ ސިޓީން އޮމިންރޮން ވޭރިއެން ފެނުމާއި ގުޅިގެން، ސިއްޙީ ނިޒާމުގެ ފެންވަރުދަށް މިސިޓީއަށް މިހާރުމިވަނީ އިތުރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.

2.2 މިލިއަން މީހުން ދިރިއުޅޭ ފަލަސްތީނުގެ ގާޒާ ސިޓީއަކީ ދުނިޔޭގަ އޮތް އެންމެ ތޮށްޖެހިފައިވާ އެއް ސިޓީއެވެ. މިހާތަނަށް ގާޒާއިން ވަނީ 189,837 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، 1,691 މީހުން މަރުވެފައެވެ. އަދި މި ސިޓީގައި މިހާތަނަށް ވެކްސިން ޖެހިފައިވަނީ އާބާދިގެ %40 މީހުންނެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަގު އައްސޭރިންވެސް މިމަހުގެ 16ވަނަ ދުވަހު ވަނީ އޮމިކްރިންގެ ފުރަތަމަ ކޭސް ފެނިފައެވެ. 3.1 މިލިއަން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ހުޅަނގު އައްސޭރީގައި މިހާތަނަށް 23 މީހަކުވަނީ އޮމިކްރޮންއަށް ޕޮޒިޓިވް ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.