ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ އުފަން ދުވަސް މިއަހަރުވެސް ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، އުފަންދުވަހުގައި ސްރީލަންކާގެ ސްޕޯޓް މިނިސްޓަރ ނަމާލް ރާޖަޕަކްސާ ވަނީ ބައިވެރިވެފައެވެ.
ސްރީލަންކާގެ މިހާރު ވެރިކަން ކުރަމުންފާ ރާޖަޕަކްސަގެ އާއިލާއާއި އުއްޗުއާއި ގާތްގުޅުމެއް އޮވެއެވެ. އުއްޗުގެ އުފަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ދިޔައީ އުއްޗުގެ ހިއްސާ އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގައެވެ.
މިހަފްލާގައި ނަމާލްގެ އިތުރުން ރާއްޖޭގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފާއި ސްރީލަންކާގެ ޑެޕިއުޓީ ފައިނޭންސް މިނިސްޓަރާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެނެވިއެވެ.
އުއްޗު އަކީ ސަރުކާރުގެ އިސްވެރިންނާ އެކު އަބަދުވެސް އޭނާގެ އުފަން ދުވަސް ފާހަގަކުރައްވާ ބޭފުޅެކެވެ. ނަމަވެސް އުއްޗުގެ އުފަން ދުވަހުގެ ހަރަކާތްތަކުގައި ބޭރުގެ ވަޒީރަކު ބައިވެރިވެވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު ކަމަށް އެނގިފައިވެއެވެ. މިހަފުލާގައި އުއްޗުގެ އުފަންދުވަހުގެ ހަދިޔާ ބަދަލުކުރުމާއި އަދި އުއްޗުގެ އެކުވެރިންނާއި ހެޔޮއެދިލައްވާ ބައެއް ބޭފުޅުން ފޮނުއްވި ކޭކު ފެޅުން އޮތެވެ.
އުއްޗުގެ އުފަން ދުވަހަކީ ޑިސެމްބަރު 25 އެވެ.
ކޮމެންޓު ފޮނުވާ