އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫއާއި މީދޫ ވަކިވަނީ

އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫއާއި މީދޫ ވަކިވަނީ

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2021 05:45
0

އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ، އާއި މީދޫ ވަކި ކުރުމާއިމެދު އާންމުންގެ ރައްޔިތުންގެ ޚިޔާލު ހުރިނެތްގޮތް ބެލުމުގެ މަސައްކަތް އެދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ފައްޓަވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި މިހާރު އޮތް ހުޅުދޫ އަދި މީދޫ ވަކި ކުރުމަށް ރޮޒޭނާ އެދާއިރާގެ ރައްޔިތުންގެ ޚިޔާލަށް ހުޅުވާލީ، އެދާއިރާގެ ގިނަ ރައްޔިތުން އެކަމަށް އެދެމުން ދިއުމުންނެވެ. ރޮޒޭނާ ފޭސްބުކް ޕޭޖުގައި ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ހުޅުދޫ އަދި މީދޫ އޮތުމުން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއިވިފައިވާކަމަށެވެ.

ޚާއްސަކޮށް ތަރައްޤީގެ ކަންކަން ހިންގުމުގައި ދިމާވާ ދަތިތައް ލަސްވުމަކީ ސިޓީ ކައުންސިލްގެ ދަށުންވަކިވެ، ވަކި ކައުންސިލެއްގެ ގޮތުގައި އޮތުމަށް ރައްޔިތުން އެދޭ އެންމެ ބޮޑު އެދުންކަމަށެވެ. މިހާރުވެސް ބައެއް މަޝްރޫޢުތައް ހިންގަން ލަސްވަމުންދަނީ ސިޓީ ކައުންސިލުން ނިންމަންޖެހޭ ކަންކަން ނުނިމި ލަސްތަކެއް ވުމުންކަން ރޮޒޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެއަށްފަހު ސިޓީން ވަކިވުމަކީ ރައްޔިތުން އެދޭ ގޮތް ކަމަށްވާނަމަ ފެބްރުއަރީގައި މަޖިލިސް ހުޅުވޭއިރު މިކަން ކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު ހުށަހަޅާނަން.

– ރޮޒެއިނާ ވިދާޅުވި އެވެ.

ހުޅުދޫ އަދި މީދޫ އަކީ އައްޑޫގެ ގުޅިފައިވާ އަވަށްތަކާ ވަކިން އޮންނަ ދެ އަވަށެވެ. ރައްޔިތުންގެ ޚިޔާލަށް މިދެއަވަށް ސިޓީ ކައުންސިލުން ވަކިކުރުމާއިމެދު ހުޅުވާލުމުން ގިނަ ރައްޔިތުން ވަނީ ސިޓީ ކައުންސިލުން ވަކިވުމަށް ތާއީދުކޮށްފައެވެ.

ރޮޒޭނާ ވިދާޅުވީ މިހާރު ޤާނޫނުގައި އޮންނަ ގޮތުން ކައުންސިލްތަކުން ވަކިވާން ބޭނުންވިޔަސް އެކަން ކުރެވޭ ގޮތެއް ނެތްކަމަށެވެ. އެހެންކަމަށްވުމުން ރައްޔިތުން މިބަދަލު ގެންނަން ތާއީދުކުރާނަމަ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.