ﷲ ގެ ޙުކުމް ފިޔަވާ އެހެން ކޮންމެ ޙުކުމަކީ ޖާހިލިއްޔަ ޙުކުމެކެވެ.

ﷲ ގެ ޙުކުމް ފިޔަވާ އެހެން ކޮންމެ ޙުކުމަކީ ޖާހިލިއްޔަ ޙުކުމެކެވެ.

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ﷲ ގެ ޙުކުމްފުޅު ތަކަށް ބޯލަނބައި ކިޔަމަން ގަތުމަކީ އަޅުތަކުންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެން ވެއެވެ. އެކަލާނގެއީ ޙަކީމް ވަންތަ އިލާހެވެ. އެކަލާނގެ ކުރައްވާ ކަމަކާއި ބެހޭގޮތުން ސުވާލެއް ނުކުރެވޭނެއެވެ. ނަމަވެސް، އަޅުތަކުންގެ ޢަމަލުތަކުގެ މައްޗަށް އެބައިމީހުންނާއި ސުވާލު ކުރެވޭނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކޮންމެ ކަމެއްވެސް ޝަރްޢު ކުރައްވާނީ އަޅުތަކުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތަށެވެ. އެކަލާނގެއީ އެންމެ ޢަދްލުވެރި އިލާހެވެ. ﷲގެ ޙުކުމަށްވުރެ މޮޅު ރަގަޅު ޝަރީޢަތެއް، ޙުކުމެއް އެއްވެސް ފަރާތަކަށް ނުގެނެވޭނެއެވެ.

ސޫރަތުލް މާއިދާގެ 50 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ) މާނައަކީ: " ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقينކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟" ސޫރަތުއް ތީންގެ 8 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (أَلَيْسَ اللَّـهُ بِأَحْكَمِ الْحَاكِمِينَ) މާނައަކީ: "حكم ކުރައްވާ އެންމެ عدلވެރި ރަސްކަލާނގެ ކަމުގައި، اللَّه ވޮޑިގެން ނުވޭހެއްޔެވެ؟"

އަޅުތަކުންގެ މަޞްލަޙަތު އެންމެ ބޮޑު ގޮތަކީ ކޮބައިކަން މޮޅަށް ދެނެވޮޑިގެން ވަނީ ﷲ އެވެ. ބައްޕައަކު ދަރިއަކަށް ރަޙުމް ކުރާވަރަށް ވުރެ އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާވަންތަވެރި ވޮޑިގެންވެއެވެ. ސޫރަތުލް މުލްކުގެ 14 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ‌) މާނައަކީ: " (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެ (އެތަކެތި) ދެނެވޮޑިގެން ނުވާނޭހެއްޔެވެ؟ އަދި އެކަލާނގެއީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ﷲތަޢާލާވަނީ ކީރިތި ޤުރުރާންގައި އިސްލާމީ ޝަރީޢައި ފުރިހަމަޔަށް ބާވާ ލައްވާފަ

އީމާންކަމުގެ އެންމެ މުހިންމު އެއް އަޞްލަކީ ކަންތައްތަކުގައި ﷲ އާއި އެކަލާންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަނޑައަޅުއްވާފައިވާ ގޮތަށް ޙުކުމް ކުރުމެވެ. އަދި އެގޮތާއި މެދު ރުހި ގަބޫލު ވުމެވެ. ސޫރަތުއް ނިސާގެ 59ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (فَإِنتَنَازَعْتُمْفِيشَيْءٍفَرُ‌دُّوهُإِلَىاللَّـهِوَالرَّ‌سُولِإِنكُنتُمْتُؤْمِنُونَبِاللَّـهِوَالْيَوْمِالْآخِرِ‌ۚذَٰلِكَخَيْرٌ‌وَأَحْسَنُتَأْوِيلًا) މާނައަކީ: "ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسولއާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّهއާއި، އެކަލާނގެ رسولއާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّهއަށާއި، آخرة ދުވަހަށް إيمان ވާކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި،ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ."

ސޫރަތުއްނިސާގެ 65 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَلَاوَرَ‌بِّكَلَايُؤْمِنُونَحَتَّىٰيُحَكِّمُوكَفِيمَاشَجَرَ‌بَيْنَهُمْثُمَّلَايَجِدُوافِيأَنفُسِهِمْحَرَ‌جًامِّمَّاقَضَيْتَوَيُسَلِّمُواتَسْلِيمًا) މާނައަކީ: "އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. އެއުރެންގެމެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު حكمވެރި ކޮށްފުމަށް ދާނދެން، އެއުރެން إيمانއެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."

ސޫރަތުލްމާއިދާގެ 50 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَفَحُكْمَالْجَاهِلِيَّةِيَبْغُونَوَمَنْأَحْسَنُمِنْاللَّهِحُكْمًالِقَوْمٍيُوقِنُونَ  ) މާނައަކީ: "ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟"

ﷲ ގެ ޙުކުމް ފިޔަވާ އެހެން ކޮންމެ ޙުކުމަކީ ޖާހިލިއްޔަ ޙުކުމެކެވެ. ސޫރަތުއްތީނުގެ 8 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَلَيْسَاللَّهُبِأَحْكَمِالْحَاكِمِينَ) މާނައަކީ: "حكم ކުރައްވާ އެންމެ عدلވެރި ރަސްކަލާނގެ ކަމުގައި، اللَّه ވޮޑިގެން ނުވޭހެއްޔެވެ؟"

ސޫރަތުޔޫސުފްގެ 40 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنْالْحُكْمُإِلَّالِلَّهِأَمَرَأَلَّاتَعْبُدُواإِلَّاإِيَّاهُذَلِكَالدِّينُالْقَيِّمُوَلَكِنَّأَكْثَرَالنَّاسِلَايَعْلَمُونَ) މާނައަކީ: "ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެއެއްޗިއްސަށް ނަންދީފައިވާ އެއްޗެހި ތަކަކަށް މެނުވީ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް حجّة އެއް اللَّه ބާވައެއް ނުލައްވަތެވެ. اللَّهއަށް މެނުވީ حكم ކުރެއްވުމެއް ނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ أمر ކުރައްވާފައެވެ. އެއީ حق ތެދު دينއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ."

އިސްވެދިޔަ އާޔަތްތަކުން ދޭހަވަނީ ﷲއާއި އެކަލާންގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙުކުމާއި ދެކޮޅު ހަދައިފިނަމަ، ނުވަތަ އެޙުކުމާއި އިންކާރުކޮށްފިނަމަ، ނުވަތަ ﷲ ގެ ޙުކުމަށްވުރެ އެހެން ޙުކުމްތައް މޮޅުއިތުރު ކަމުގައި ގަބޫލުކޮށްފިނަމަ އެމީހަކު ކާފިރުވެ ދީނުން ބޭރުވާނެއެވެ.

ކީރިތި ޤުރުއާންގައި ﷲވަނީ އެކަލާނގެ ހުކުމްފުޅުތައް ފުރިހަމަޔަށް ބަޔާން ކުރައްވާފަ

ފަޟީލަތުއްޝައިޚްބިން ބާޒް ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.

"ﷲ ތަޢާލާ އެކަލާންގެ އަޅުތަކުންގެ މައްޗަށް ކަނޑައަޅުއްވާ، އެކަލާންގެ ފޮތުގައި ބަޔާން ކުރައްވާފައިވާ، އަދި އެކަލާންގެ ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަގެ ދޫފުޅުން ބަޔާން ކުރައްވާފައިވާ ޙުކުމްތައް، މިޘާލަކަށް ވާރުތަ މުދާބެހުން، ފަރްޟު ފަސްނަމާދު، ޒަކާތްދިނުން، ރޯދަހިފުން ފަދަ މުޅި އުއްމަތް އިޖްމާޢުވެފައިވާ ކަންތައްތަކަށް އިޢްތިރާޟްކޮށް ބަދަލު ކުރުމުގެ އިޚްތިޔާރު އެއްވެސް މީހަކަށް ލިބިގެންނެއް ނުވެއެވެ. ސަބަބަކީ އެކަންތައްތަކަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުއްސުރެ ފެށިގެން ގިޔާމަތާއި ހަމައަށް ދާންދެންވެސް އުއްމަތުގެ މީހުން އެޙުކުމަކަށް ތަބަޢަވާން ޖެހޭ ޙުކުމްތަކެވެ.

އެހެންކަމުން އަޅުގަޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ މިޙުކުމްތަކަކީ އަޅުގަޑުމެން އެއަށް ތަބަޢަވާންޖެހޭ ޙުކުމްތަކެއް ކަން ހެޔޮހިތުން ގަބޫލުކޮށް ބޯލަނބާ ކިޔަމަންގަތުމެވެ. އެންމެ މަޞްލަޙަތު ބޮޑު ގޮތަކީ އެނޫން ގޮތެއް ކަމަށްގަބޫލު ކޮށްފިމީހާ ކާފިރުވާނެއެވެ. ސަބަބަކީ އެމީހަކު އެވަނީ ﷲ އާއި އެކަލާންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަދި މުޅި އުއްމަތުގެ އިޖްމާޢިން ޘާބިތުވާ ޙުކުމާއި ދެކޮޅު ހަދާ އިންކާރު ކޮށްފައެވެ.

އެހެންކަމުން، ވަލިއްޔުލް އަމްރުގެ މައްޗަށް ވާޖިބު ވެގެންވަނީ މިފަދަ މީހުންނަށް ތައުބާ ލައިދިނުމެވެ. ތައުބާ ނުވެއްޖެނަމަ އެމީހަކު މުރްތައްދުވެއްޖެ ކަމަށްބަލައި އެމީހަކު ގަތުލު ކުރަން ޖެހޭނެއެވެ.

ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (منبدلدينهفاقتلوه) މާނައަކީ: "ދީން ބަދަލުކޮށްފި މީހާ ގަތުލު ކުރާ ހުށިކަމެވެ." ﷲތަޢާލާ އަޅުގަޑުމެން އެންމެން ޝިރްކުގެ ފިތުނަވެރިކަމުން ސަލާމަތް ކުރައްވާ އެކަލާންގެ ޝަރީޢަތާއި ޚިލާފުވުމުން ދުރުހެލި ކުރައްވާށި. އާމީން." (މަޖްމޫޢު ފަތާވާ އިބްނު ތައިމިއްޔާ 4/415).

واللهأعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *