އަޒަރުބައިޖާންގެ ކީޕަރަކާއެކު ޓީސީ ފަރިތަކުރުން ފަށައިފި

އަޒަރުބައިޖާންގެ ކީޕަރަކާއެކު ޓީސީ ފަރިތަކުރުން ފަށައިފި

ގުޅުންހުރި

އަންްނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީސީ ސްޕޯޓްސް ކުލަބުން ފަރިތަކުރުންތައް ފަށައިފިއެވެ. ޓީސީން ފަރިތަކުރުންތައް ފެށީ އިއްޔެ ހަވީރުއެވެ.

އާސީޒަނަށް ޓީސީން އަދި މިހާތަނަށް ތަޖުރިބާކާރު ކުޅުންތެރިއެއްގެ ސޮއި ހޯދާފައި ނުވި ނަމަވެސް، އެ ޓީމުން ވަނީ އާސީޒަނަށް އަޒަރުބައިޖާނުގެ ގޯލްކީޕަރެއް ގެނެސްފައެވެ. ޓީސީން ބިދޭސީ ގޯލްކީޕަރެއް ގެނައިރު، މިދިޔަ ސީޒަނުގައި އެ ޓީމުގެ ގޯލު ބެލެހެއްޓި ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ ކުލަބު ގްރީން ސްޓްރީޓްސްއާ ގުޅިފައެވެ. މީގެ އިތުރުން އެޓީމުން ވަނީ ގިނަ ޒުވާން ކުޅުންތެރިންތަކެއް އެކުލަބަށް ގެނެސްފައެވެ.

އާ ސީޒަނާ ކުރިމަތިލާއިރު ޓީސީގެ ސްކޮޑަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި ޓީސީއަށް ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ގެ އެއްބަސްވުން ހަމަވެފައިވާއިރު، އެ ޓީމުގެ ކެޕްޓަން އަޙްމަދު ފައްރާހު (ފައްރަ) ވަނީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ބަދަލުވެފައެވެ.

އަދި މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު އިސްމާޢީލް އީސަ (މެސީ) ވަނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ބަދަލުވެފައެވެ. ޓީމުގައި މަޑުކުރި ކުޅުންތެރިންގެ ތެރޭގައި އައްޒާމުގެ އިތުރުން ރިލްވާން ފާހަގަކޮއްލެވެއެވެ. ޓީސީ ބުނެފަވަނީ މިހާރު މިއޮތް ސްކޮޑާމެދު ހިތްހަމަޖެހޭ ކަމަށެވެ.

ލީގުގައި ޓީސީން ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ