ހިއުމަން ރައިޓްސް ނުވަތަ އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރަންޖެހެނީ އަނިޔާވެރިވުން ހުއްޓުވުމަށްކަމަށް އދ.ގެ ރެޕަޓުއަރ އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީދު މިހެން ވިދާޅުވީ، އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ބާއްވަން އުޅުން ސައިލަކު ބުރު ހުއްޓުވާއި، ޕީޕީއެމް ކައުންސިލް މެންބަރަކު ފުލުހުން ހައްޔަރުކޮށް ފަހަތަށް ބިޑިއަޅުގައި ފުލުހުންގެ ވެހިކަލްގައި ގިނަ އިރުތަކެއްވަންދެން ކަކޫމައްޗަށް ބައިންދާފައި އިނުމުގެ ސަބަބުން ބައެއް ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް އަމާޒުކޮށެވެ.
އދގެ ޚާއްޞަ ރެޕަޓުއަރ ޑރ.ޝަހީދު ވިދާޅުވީ، އިންސާނީ ހައްގަށް އިހްތިރާމް ކުރުމަށް އެންމެނަށް އިލްތިމާސްކުރަނީ އެކަކު އަނެކަކަށް އަނިޔާވެރިވުން ހުއްޓުވަންވެގެންކަމަށެވެ.
Human Rights ah ihuthiraam kurumah emmenah mi ilthimaas kuranee ekaku anekakah aniyaaverivun huttuvan vegen! https://t.co/IEMwM9NXeY
— Ahmed Shaheed (@ahmedshaheed) December 18, 2021
ޑރ.ޝަހީދަކީ އދ.އިން އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބައްލަވައި ރިޕޯޓްކުރައްވާ ބޭފުޅެއްގެ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން ހުންނެވި ބޭފުޅެކެވެ. އޭގެ ފަހުން ޑރ.ޝަހީދު ވަނީ ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ ހާއްސަ މަންދޫބަކަށްވެސް އައްޔަންކުރައްވާފައެވެ.
މިދިޔަ ހުކުރު ދުވަހު އިދިކޮޅުން ބޭއްވި އިންޑިއާ އައޫޓް ހަރަކާތުގައި، ޕީޕީއެމް އޮފީސް ދޮރުމައްޗަށް ސައިކަލްތަކާ އެކު ސަޕޯޓަރުން އެއްވުމުން, ފުލުހުން ވަނީ އެސަރަހައްދުން ނުނިކުމުވޭނެހެން ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ. އެއާ އެކު އިދިކޮޅުން ރޭވި ގޮތަށް ސައިކަލް ބުރުގެންދެވިފައެއް ނުވެއެވެ. މި ހަރަކާތުގެ ތެރެެއިން ފުލުހުން ދެމީހަކު ހައްޔަރުކުރިއެވެ. ނަމަވެސް މިހާރު އެމީހުން ވަނީ ދޫކޮށްލާފައެވެ.
މި ހަރަކާތް ހުއްޓުވުމަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހާފައިވެއެވެ.
ކޮމެންޓު ފޮނުވާ