ސަރުކާރާއި، މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެންބަރުން އިންޑިއާ އައުޓް ހަރަކާތް ކޮންމެ އަގެއް ދައްކައިގެންވެސް ހުއްޓުވާނެކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވުމުން، ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ޖޯކު ޖައްސަވައި ފާޑުވިދާޅުވެއްޖެއެވެ.
ކޮންމެ އަގެއް ދައްކައިގެންވެސް މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 65 މެންބަރުންވެގެން އިންޑިއާ އައުޓް ހުއްޓުވާނެކަމަށް އިކްރާމް ވިދާޅުވުމުން އެ ވާހަކަތަކަށް ރައްދު ދެއްވާ ޝިޔާމް ވަނީ، އިކްރާމް ދައްކަވަނީ އިންޑިއާގެ ޗެންނާއީ ހޮޓެލް ބުހާރީގެ 65 ކުކުޅުގެ ވާހަކަތޯ ސުވާލުކުރައްވާފައެވެ.
Are you talking about 'Chicken 65' originated from Hotel Buhari, Chennai, ???????? ? https://t.co/WsQDWV13Xb
— Ahmed Shiyam (@Shiyamaldives) December 17, 2021
ޝިޔާމް އިކްރާމަށް ރައްދު ދީފައިވާއިރު، އިދކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތާއެކު ސަރުކާރުގައި ތިއްބެވި ބޭފުޅުންނާއި، މަޖިލީހުގެ އެމްޑީޕީ މެންބަރުން ގެންދަވަނީ ތަކުރާރުކޮށް އިންޑިއާއެކު އޮތް ގުޅުމަކީ ރަނގަޅު ގުޅުމެއްކަން ދައްކައިދިނުމަށް މަސައްކަތްކުރަމުންނެވެ.
ނަމަވެސް ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގެން އިންޑިއާ އައުޓް ހަރަކާތުގައި އެމަނިކުފާނު ފާޅުގައި ބައިވެރިވެވަޑައިގަންނަވަން ފެއްޓެވި ހިސާބުން މި ހަރަކާތް ވަނީ އިތުރަށް ފުޅާވެ ބައިވެރިވާ މީހުންގެ ޢަދަދު އިތުރުވެފައެވެ. އަދި މި ހަރަކާތް ވަނީ ސަރުކާރަށް ބޮޑު ޕްރެޝަރަކަށްވެފައެވެ. އަދި މި ހަރަކާތް ހުއްޓުވުމަށް ސަރުކާރުގެ މެންބަރުން ގެންދަވަނީ މަސައްކަތްކުރަމުންނެވެ.
އިންޑިއާ އައުޓް ހަރަކާތަކީ އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ފެއްޓެވި ހަރަކާތެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އިންޑިއާ އައުޓް ޓީޝާޓް ތުރުކުރައްވައިގެން ގެންދަވަނީ ރަށްރަށް ވަޑައިގަންނަވަމުންނެވެ. މިއާއެކު ރައީސް ޔާމީނަށް ސަރުކާރުގެ މެންބަރުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތަށް އިޝާރާތްކުރައްވާ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވީ، ސަރުކާރާއި، މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެންބަރުން އިންޑިއާ އައުޓް ހަރަކާތް ކޮންމެ އަގެއް ދައްކައިގެންވެސް ހުއްޓުވާނެކަމަށެވެ. އިކްރާމް ވަނީ އިންޑިއާ އައުޓް ހަރަކާތަކީ ފޭކް ހަރަކާތެއްކަމަށްވެސް ސިފަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ