މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ މާލޭ މެހެލިގޯޅީގައި މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 08:21 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަނިޔާ ލިބިފައިވަނީ ޢުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށްކަަމށާއި، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ އިތުރަށް ތަހުގީގްކުރަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.
ދާދި ފަހުން އެމްއެންޑީއެފްގައި މަސައްކަތްކުރާ އޮފިސަރަކުވެސް ގެސްޓްހައުސްއަކަށް ގެންގޮސް އަނިޔާކޮށް މާލޭގެ މަގުމައްޗަށް އެއްލާލާފައި އޮއްވާ ވަނީ ފެނިފައެވެ. އެ މައްސަލާގައިވެސް ބަޔަކު ހައްޔަރުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ