ބައިޑްން އާއި ޓްރަމްޕް އިންތިޚާބުގައި ވާދަކުރައްވަމުން ގެންދަވަނީ ވަރަށް ވާދަވެރިކޮށް

އެމެރިކާގެ ނިންމުން: އެންމެންގެ ނަޒަރު މަދު ސްޓޭޓަކަށް ހުއްޓިފައި

އެމެރިކާގެ ނިންމުން: އެންމެންގެ ނަޒަރު މަދު ސްޓޭޓަކަށް ހުއްޓިފައި

އެމެރިކާގެ މުޅި ތާރީޚުގައިވެސް ނަތީޖާ ނުނެރެވި އެންމެ ދިގުލައިގެން ގޮސްފައިވާ އިންތިޚާބުގެ ނަތީޖާ ޔަގީން ކުރުމުގައި ގިނަ މީހުންގެ ނަޒަރު މިވަގުތު ހުއްޓިފައިހުރީ ބޮޑު ދެތިން ސްޓޭޓަކާއި ދިމާލަށެވެ.

ފުރަތަމަ އިއުލާންކުރެވުނު ނަތީޖާއިން ދެކެޑިޑޭޓުންވެސް ރަގަޅު ނަތީޖާނެރުނު ކަމުގައިވި ނަމަވެސް، އިންތިޚާބުގައި ވޯޓުލާ ނިމި ވޯޓު ގުނަންފެށިތާ އެއް ދުވަސް ވެގެން ދިޔައިރުވެސް އެއްވެސް ކެޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ 270 އިލެކްޓޯރަލް ވޯޓާއި ހަމައަށް ދަތުރު ކުރެވިފައެއް ނުވެއެވެ.

އެހެންނަމަވެސް، ގިނަ ސްޓޭޓުތަކުގެ ވޯޓު ގުނާ ނިމފައިވާއިރު، ބޭނުންވާވަރަށް އިލެކްޓޯރަލް ވޯޓުހަމަކޮށް އެއްވެސް ކެޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކުރުން މިހާރު ބިނާވެފަ އޮތީ މަދު އެހެންނަވެސް އިލެކްޓޯރަލް ވޯޓުތައް ނިސްބަރުން ގިނަ ބައެއް ސްޓޭޓްތަކެއްގެ މައްޗަށެވެ.

މިހާތަނަށް އައިއިރު، މުހިންމު ސްޓޭޓްތަކެއް ކަމުގައިވާ ފްލޮރިޑާ، އޯހިއޯ، އަދި ޓެކްސަސް ޓްރަމްޕް ކާމިޔާބު ކޮށްފައިވާއިރު، މުހިންމު ސްޓޭޓްތަކެއް ކަމުގައިވާ އެރިޒޯނާ، މިނެސޯޓާ އަދި ނިއު ހެމްސްފެއަރ ކާމިޔާބު ކޮށްފައި ވަނީ ޖޯ ބައިޑްންއެވެ.

މިސްޓޭޓްތައް ދެކެޑިޑޭޓުންގެ މެދުގައި ވަރަށް ބޮޑަށް ހަމަހަމަ ގޮތެއްގައި ބެހިގެން ދިއުމާއި ގުޅިގެން މިހާރު އިންތިޚާބުގެ ނަތީޖާ ވަރަށް ބޮޑަށް ބަރޯސާވެފަ އޮތީ ނެވާޑާ، ނޯތު ކެރޮލިނާ، ޖޯޖިއާ، ވިސްކޮންސިން، މިޗިގަން އަދި ޕެންސެލްވޭނިއާގެ ނަތީޖާ ނުކުމެގެންދާނެ ގޮތެއްގެ މައްޗަށެވެ.

ވަކިން ޚާއްސަގޮތެއްގައި، އިލެކްޓޯރަލް ވޯޓުން މުއްސަދި ޕެންސަލްވޭނިއާގެ ނަތީޖާ ނިކުމެގެންދާނެ ގޮތަކާއިމެދު މިހާރު ގިނަބައެއްގެ ނަޒަރު ވަނީ ހިފެހެއްޓިފައެވެ. ޕެންސަލްވޭނިއާ ކާމިޔާބު ކުރާ ކެޑީޑޭޓަލަށް 20 އިލެކްޓޯރަލް ވޯޓު ލިބިގެން ދާނެވެއެ. މިހާތަނަށް ގުނިފައިވާ ވޯޓުތަކަށް ބަލާއިރު، މިސްޓޭޓުގައި ކުރީގައި އުޅުއްވަނީ ޑޮނަލްޑް ޓްރަމްޕެވެ. އެހެންނަމަވެސް، އަދި ގުނާނުނިމި ހުރި 1 މިލިއަންވޯޓު މިސްޓޭޓުގައި އެބަހުއްޓެވެ. ޕެންސަލްވޭނިއާގައި ޓްރަމްޕް %10 ކުރީގައި އުޅުއްވާއިރު، ބާކީ ނުގުނި ހުރި ގިނައަދަދެއްގެ ވޯޓަކީ ޕޯސްޓު މެދުވެރިކޮށް ލާފައިވާ ވޯޓަށް ވާތީ، މިނަތީޖާ ނުކުމެގެން އަންނައިރު، ބައިޑްންއަށް ޕެންސަލްވޭނިއާއިން ކުރިއެރުން ލިބުމަކީ  ވަރަށް ގާތްކަމެކެވެ.

މިހާތަނަށް ގުނުނު ވޯޓުތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ޕޯސްޓު މެދުވެރިކޮށް ލާފާއިވާ ވޯޓުގެ %70 ބައިޑަންވަނީ ކާމިޔާބު ކުރައްވާފައެވެ.

ޕެންސަލްވޭނިއާގެ ގަވަރުނަރު ވިދާޅުވެފައިވަނީ، އެސިޓީގެ ބާކީހުރި ހުރިހާ ވޯޓެއްވެސް ގުނާ ނިންމާނީ ވަރަށް އިންސާފުވެރިކަމާއެކުއެވެ. އަންގާރަދުވަހުގެ ހެދުނާއި ހަމައަށް މި ސްޓޭޓުގައި ގުނާ ނިންމާލެވިފައިވަނީ %64 ވޯޓެވެ. އަދި ހުރިހާވޯޓެއް ގުނާ ނިންމާލެވޭނީ ހުކުރު ދުވަހާއި ހަމައަށް ކަމަށްވެސް ޕެންސަލްވޭނިއާގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

ޕެންސަލްވޭނިއާގައި ޓްރަމްޕް ކުރީގައި އުޅުއްވާއިރި ވިސްކޮންސިން އަދި ނެވާޑާގައި އަދި މިޗިގަންގައި ވެސް ކުރީގައި އުޅުއްވަނީ ބައިޑްންއެވެ.

ެމެރިކާގެ މި އިންތިޚާބުގައި 100 މިލިއަނަށްވުރެ ގިނަ މީހުންވަނީ ދުރާލާ ވޯޓުލާފައެވެ.

އެމެރިކާގެ ރައީސް އަދި ނާއިބު ރައީސް އިންތިޚާބު ކުރުމަށް ބޭއްވޭ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވެމުންދާއިރު، ނަތީޖާގެ މައިގަޑު އަމާޒަކީ ކޮންމެ ކެޑިޑޭޓަކުވެސް ޔަގީން ކުރާ އިލެކްޓޯރަލް ވޯޓުގެ އަދަދު ސާފުވެގެން ދިއުމެވެ.

މިގޮތުން އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ކަޑައެޅިފައިވާ 538 އެލެކްޓޯރަލް ވޯޓުގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރާ ކެޑިޑޭޓު 270 އިލެކްޓޯރަލް ވޯޓު ކަށަވަރު ކުރަން ޖެހެއެވެ.

އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އިންތިޚާބުގައި ވޯޓު ލާނެކަމަށް ބެލެވެނީ އެމެރިކާގެ %67 ރައްޔިތުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *