ނަރުސް މީހާގެ ފިރިމިހާ ލޯބީގެ ގުޅުން އޮތް ދިވެހި އަންހެން މީހާ ހައްޔަރުކޮށްފި

ނަރުސް މީހާގެ ފިރިމިހާ ލޯބީގެ ގުޅުން އޮތް ދިވެހި އަންހެން މީހާ ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
16 ޑިސެމްބަރ 2021 07:26
0

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނަގެ ފިރިމީހާގެ ލޯބީގެ ގުޅުން އޮތް ދިވެހި އަންހެން މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މޭރީގެ މަރުގެ މައްސަލާގައި 24 އަހަރުގެ އަންހެނެއް ކޯޓް ޢަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިންވެސް ހުރީ ފުލުހުން ހައްޔަރުކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕިލިޕީންސަށް ނިސްބަތްވާ އަންހެން މީހާ އަދި އޭނާގެ ފިރިމީހާވެސް މަސައްކަތްކުރަމުންދިޔައީ ނަރުހުންގެ ގޮތުގައި އައިޖީއެމްއެޗްގެ އެއް ޑިޕާޓްމަންޓެއްގައެވެ. އެ ދެ މީހުންގެ ދަރިއަކުވެސް ހުރެއެވެ.

ފިލިޕީންސްގެ މިއަންހެން މީހާ މަރުވެފައިވާ ކަމަށް ބުނެ އިމަރޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ. ޑިއުޓީގައި އުޅުމަށްފަހު ބްރޭކަށް ގެއަށް ދިޔަތާ ކުޑަ ވަގުތުކޮޅެއްފަހުން، އޭނާ މަރުވެއްޖެކަމަށްބުނެ ފިރިމީހާ އެމްބިއުލާންސް ފޮނުވަން ގުޅި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އަންހެން މީހާ މަރުވެފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ.

މަޢުލުޟާތު ލިބިފައިވާގޮތުން ނަރުސްމީހާގެ ޕޯސްޓްމޯޓަމް ވަގުތީ ރިޕޯޓް މިހާރު ވަނީ ލިބިފައެވެ. އެ ރިޕޯޓްގައިވާގޮތުން އޭނާ މަރާލާފައިވާކަމަށް ބެލެވެނީ ނޭވާ ހާސްކޮށްލައިގެންކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މިކަމާއ ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަރުސް މީހާ މަރުވެފައިވާ ހަށިގަނޑު ހޮސްޕިޓަލަށް އޭނާގެ ފިރިމީހާ ގެންދިޔައިރު، މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި ނަރުސްމީހާ މަރުވެފައިވާ ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އޭނާގެ ފިރިމީހާގެ ކިބައިން އާދަޔާ ޚިލާފް ކަންތައްތަކެއް ފާހަގަވެފައިވެއެވެ. އެގޮތުން އޭނާ ނޭވާ ހާސްވެގެން ކުއްލިއަކަށް މަރުވީކަމަށާއި، އަދި ދަންޖެހިގެން އޭނާ މަރުވީކަމަށް އަނެއްބައި ފަހަރު އޭނާގެ ފިރިމީހާ ބުނަމުންދިޔަ ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.

އެމީހުން ބުނިގޮތުގައި އޭނާގެ ކަރުގައި ކޮންމެވެސް ކަހަލަ ނިޝާންތަކެއް ހުއްޓެވެ. ނަމަވެސް އެއީ ކަރުގައި ވާ/ފޮތި އައްސައިގެން ދަންޖެހިފައިވާ ނިޝާންތަކަކަށްވުރެ ބޮޑަށް ޝައްކު ކުރެވެނީ، މީހާ ހާސްކޮށްލަން މަސައްކަތްކޮށްފައިވާ އިނގިލީގެ ނިޝާންތަކެއްގެ ގޮތުގައިކަމަށް މަންޒަރު ފެނުނު މީހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.