ސަޢީދުގެ ސުވާލެއް ސަރުކާރަށް: ޑްރަގް ބޯޓުފަހަރު ގިނައިން ފެންނަނަމަ އިންޑިއާ ސިފައިން އިތުރު ކުރަން ނުޖެހޭނެތޯ؟

ސަޢީދުގެ ސުވާލެއް ސަރުކާރަށް: ޑްރަގް ބޯޓުފަހަރު ގިނައިން ފެންނަނަމަ އިންޑިއާ ސިފައިން އިތުރު ކުރަން ނުޖެހޭނެތޯ؟

Author
މުޙައްމަދު ޖިމީ
16 ޑިސެމްބަރ 2021 10:40
0

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގިނަ ޢަދަދެއްގެ ޑްރަގް ވިޔަފާރީގެ ބޯޓުތައް ފެންނަނަމަ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ ޢަދަދު އިތުރުކުރަން ނުޖެހޭނެތޯ ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ސުވާލުކުރައްވައިފިއެވެ.

މިދިޔަ ހަތަރު މަސް ތެރޭ ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 1،480 ކިލޯ ޑްރަގްސް އަތުލައިގަނެވިފައިވާ ކަމަށް ދެ ޤައުމުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިކަމާއި ގުޅޭގޮތުން މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބެންޖެހެނީ ޑްރަގް ބޯޓްފަހަރު އަންނާތީކަމަށް ރައީސް އިބްރހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާކަމަށެވެ. އެފަދަ ބޯޓް ގިނައިން އަންނަނަމަ ސިފައިންގެ ޢަދަދު އިތުރު ކުރަންޖެހޭނެތޯ ސަޢީދު ސުވާލުކުރެއްވިއެވެ. ސަޢީދު ވަނީ އެފަދަ ބޯޓުފަހަރު އަންނަނީ ކޮން ތަނަކުންތޯވެސް ސުވާލުކުރައްވާފައެވެ.

ސަޢީދު މިހެން ވިދާޅުވެފައިވާއިރު، މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ކ.ގާފަރުގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ، ކަނޑު ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުއްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫންކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް ކަނޑުގެ ސަރަހައްދު ބޮޑު ޖަޒީރާ ގައުމެއް ކަމުގައެވެ. މިސަރަހައްދަކީ ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާ، ކާރޫބާރޫގެ ތެރޭން އުފެދެމުންދާ ނުރައްކާތެރި އުދަބާނި، ރާއްޖޭގެ ހުރަހަށާ ދިގަށް ހިނގާ ސަރަހައްދެއްކަމުގައެވެ. ދުނިޔޭގެ ބޮޑެތި ޑްރަގު ނެޓްވޯކްތކާއި، ޓެރަރިޒަމް އާ އެހެނިހެން ވަގުވިޔަފާރިއާ، ހަތިޔާރުގެ ޣައިރު ގާނޫނީ މުޢާމަލާތަށް އިންޑިއާ ކަނޑުގައި އަބަދުގެ އޮންނަ ކަމުގައެވެ. މިކަން ކަމަކީ ޖާގަދީގެން ބަލަންތިބޭ ވަރަށްވުރެ ނުރައްކާތެރި ކަންތައްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.