ކުޅުދުއްފުށީގައި ފިހާރެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 11:25 ހާއިރު ހދ.ކުޅުދުއްފުށި ފިހާރެއެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ޒަޚަމްވެފައިވަނީ ސަބަބުން 22 އަހަރުގެ ފިރިހެނެއްކަމަށާއި، އޭނާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މިޙާދިސާގައި ޒަޚަމްވި ޒުވާނާގެ ހާލު ސީރިއަސް ނޫންކަމަށްވެސް ބުލުހުން ވިދާޅުވިއެވެ.
މިމައްސަލާގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މިމައްސަލަ ފުލުހުން އިތުރަސް ތަޙްޤިޤްކުރަމުން އަންނަކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
ކޮމެންޓު ފޮނުވާ