ދުނިޔޭގެ ކޮންމެ ތާކު ހުއްޓަސް ގެފުޅުގެ ހިލަކޮޅުގައި އަތްލެވި، ވަގުތުން ބަލާލެވޭ ގޮތް ހަދަނީ

ދުނިޔޭގެ ކޮންމެ ތާކު ހުއްޓަސް ގެފުޅުގެ ހިލަކޮޅުގައި އަތްލެވި، ވަގުތުން ބަލާލެވޭ ގޮތް ހަދަނީ

Author
ހުސެއިން
15 ޑިސެމްބަރ 2021 06:24
0

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް، ދުނިޔޭގެ ކޮންމެ ތާކު ހުރެގެންވެސް، ވާޗުއަލްކޮށް (ވާރޗުއަލް ރިއަލިޓީ ޓެކްލޮޖީގެ VR)، ގެފުޅުގެ ހިލަކޮޅު ބަލާލާ އަދި އަދި އަތްލެވޭނެ ގޮތް ހެދުމަށްޓަކާ ޚާއްސަ މަޝްރުއެއް އިފްތިތާހު ކޮށްފިއެވެ.

މި މަޝްރޢޫ އިފްތިތާކު ކޮށްދެއްވީ، ޖެނެރަލް ޕްރެޒިޑެންޓް ފޯރ ދަ އެފެއަރޒް އޮފް ދަ ގްރޭންޑް މޮސްކު އެންޑް ޕްރޮފެޓްސް މޮސްކު، ޝެއިޚް ޑރ. އަބުދުއްރަހުމާން ބިން އަބުދުލްއަޒީޒު އަލް ސުދައިސްއެވެ.

"ވާޗުއަލް ބްލެކް ސްޓޯން އިނިޝިއޭޓިވް"ގެ ނަމުން ނަން ދެވިފައިވާ މި މަޝްރޫޢުއަކީ، ޔުނިވަރސިޓީ އޮފް އުއްމު އަލް ޤުރާގެ އިންސްޓިޓިއުޓް ފޯރ ހައްޖު އެންޑް އުމްރާއާއި ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ޑިޖިޓަލް އެގްޒިބިޝަންއިން ބަލަހައްޓާ އޭޖޭންސީ ފޯރ އެގްޒިބިޝަންސް އެންޑް މިއުޒިއަމްގެ ފަރާތުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

މަޝްރޢޫ އިފްތިތާކު ކޮށްދެއްވީ، ޖެނެރަލް ޕްރެޒިޑެންޓް ފޯރ ދަ އެފެއަރޒް އޮފް ދަ ގްރޭންޑް މޮސްކު އެންޑް ޕްރޮފެޓްސް މޮސްކު، ޝެއިޚް ޑރ. އަބުދުއްރަހުމާން ބިން އަބުދުލްއަޒީޒު އަލް ސުދައިސް

މިއަހަރުގެ މޭމަހު، މައްކާގެ މާތްވެގެންވާ ގެފުޅުގެ ހަޖަރުލް އަސްވަދުގެ ހިލަކޮޅު (ބްލެކް ސްޓޯން)ގެ، މީކުރިން އަދި ދުވަހަކުވެސް އާންމު ކޮށްފައި ނުވާހާ ގާތުން ސާފުކޮށް ފެންނަހުރި، ފޮޓޯތަކެއް ސައުދީ ސަރުކާރުންވަނީ އާންމު ކޮށްފައެވެ.

'ދަ ޖެނެރަލް ޕްރެޒިޑެންސީ ފޯރ ދަ އެފެއާޒް އޮފް ދަ ޓޫ ހޮލީ މޮސްކްސް' އިން، އަރަބި ބަހުން ހަޖަރު-އަލް-އަސްވަދުގެ ނަމުން ނަންދެވިފައިވާ، މި ހިލަކޮޅުގެ ތަފްސީލްތައް ފެންނަން ހުންނަ ގޮތަށް ފޯޓޯ ނަގާފައިވަނީ، މުޅިން އާ ޓެކްނިކެއް ކަމުގައިވާ 'ޕެނަރޯމިކް ފޯކަސް" ބޭނުން ކޮށްގެންނެވެ.

މާތްވެގެންވާ ގެފުޅާއި އަދި މަސްޖިދުއްނަބަވީވެސް ބެލެހެއްޓުމުގެ ޒިންމާ ހަވާލު ވެފައިވާ ޖެނެރަލް ޕްރެޒިޑެންސީ އެފެއާޒް އޮތޯރިޓީން ބުނެފައިވާ ގޮތުގައި، އެންމެ ފުރިހަމަ ރިޒޮލިއުޝަންގެ އެއް ފޮޓޯއެއް އުފެއްދުމަށްޓަކާ، ޖުމްލަ 7 ގަޑިއިރު ވަންދެން މި ހިލަކޮޅު ފޮޓޯ ނަގާފައި ވާކަމަށެވެ.

މިގޮތުން އުފައްދާފައި ވަނީ ޖުމްލަ 50 ގަޑިއިރުން އުފައްދާފައިވާ 49,000 މެގަޕިކްސެލްގެ އިމޭޖްތަކެކެވެ.

މުސްލިމުން ގަބޫލުކުރާ ގޮތުގައި، މި ހިލަކޮޅަކީ، ޖިބްރީލްގެފާނު، ސުވަރުގެއިން ގެންނަވާ އިބްރާހިމް އަލައިހިއްސަލާމްއާ ހަވާލު ކުރެއްވި ހިލަ ކޮޅެކެވެ.

މި ހިލަކޮޅު ބެހެއްޓިފައި ހުންނަނީ، ދަނބު ކުލައާއި ރިހި ކުލައިގެ ކަވަރެއްގައި، ބިމުން އެއް މީޓަރު ބައިގެ އުހުގައި، ގެފުޅުގެ އެއް ކަނުގައެވެ.

އުމުރާ ކުރުމުގައާއި އަދި ހައްޖުގެ އަޅުކަމުގައިވެސް، ގެފުޅުގެ ވަށައިގެން ތަވާފް ކުރާއިރު، ކޮންމެ ބުރެއްގައިވެސް މި ހިލަކޮޅުގައި ފުރުސަތު ލިބިއްޖެނަމަ އަތްލުމަކީ އެދެވިގެންވާ ކަމެކެވެ.

އެހެންނަމަވެސް، މި ދެ އަޅުކަމުގެ ދުވަސްވަރުވެސް، ގެފުޅަށް ޒިޔާރަތްކުރާ މީހުންގެ ގިނަ ކަމާހުރެ، ކޮންމެ ތަވާފެއްގައިވެސް، ހިލަކޮޅާ އަރާ ހަމަކޮށްފައި، ހިލަކޮޅާ ދިމާލަށް އަތުން އިޝާރާތް ކޮށްލުމުން ފުދެއެވެ.

ޚާއްސަކޮށް ހައްޖުގެ އަޅުކަމާއި އަދި އުމްރާގެ އަޅުކަމުގައި ގެފުޅަށް ޒިޔާރަތްކުރާ މުސްލިމުންގެ އަދަދު ގިނަކަމުން، މި ހިލަކޮޅުގައި އަތްލުމުގެ ފުރުސަތު ލިބެނީ މަދުބަޔަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޜ ޜަސްފްރި
ބަލާލެވުނަސް އަތްލާނީ ކިހިނެތްބަ