މެންޗެސްޓަރ ސިޓީން ލީޑްސް ޔުނައިޓެޑް ކޮޅަށް 7 ލަނޑު ޖަހައިފި

މެންޗެސްޓަރ ސިޓީން ލީޑްސް ޔުނައިޓެޑް ކޮޅަށް 7 ލަނޑު ޖަހައިފި

Author
ޔޫސުފް
15 ޑިސެމްބަރ 2021 10:41
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން މެންޗެސްޓަރ ސިޓީން ލީޑްސް ޔުނައިޓެޑް ކޮޅަށް 7 ލަނޑު ޖަހައިފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 0-7 ގެ ނަތީޖާއަކުންނެވެ.

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 8 ވަނަ މިނެޓުގައެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ، ފޮޑެންއެވެ. ސިޓީގެ ދެވަނަ ލަނޑު 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޖެކް ގްރީލިޝްއެވެ. ސިޓީން ވަނީ މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހާ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން ސިޓީގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ކެވިން ޑިބްރެއިނާއެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން ސިޓީގެ ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ރިޔާދް މަހްރޭޒްއެވެ. އަދި ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑިބްރެއިނާއެވެ. މެޗުގައި ސިޓީން ޖެހި ހަވަނަ ލަނޑާއި ހަތްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޖޯން ސްޓޯންސް އާއި ނަތަން އޭކާއެވެ.

މި މޮޅާއެކު ސިޓީން ވަނީ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ސިޓީ އެއްވަނައިގައި އޮތީ 17 މެޗުން ލިބުނު 41 ޕޮއިންޓާއި އެކުގައެވެ. ދެވަނައިގައި 16 މެޗުން ލިބުނު 37 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ. އަދި ތިންވަނައިގައި 16 މެޗުން ލިބުނު 36 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު، ހަތަރު ވަނައިގައި ވެސްޓް ހޭމް ޔުނައިޓެޑް އޮތީ 28 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.