ކޯވިޑް19އަށް ފަރުވާ ކުރުމަށް ފައިޒާ ކުންފުނިން އުފެއްދި ގުޅަބޭސް ކާމިޔާބުކަމަށް ތަހުލީލުތަކުން ދައްކާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
ފައިޒަރ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުރެވިފައިވާ ތަހުލީލުތަކުން ދައްކާފައިވާ ގޮތުގައި، ކޯވިޑަށް ޕޮޒިޓިވްވާ ހައި ރިސްކު މީހުން، ކޯވިޑްގެ އަލާމާތްތައް ފެންނަތާ މަދު ދުވަސްކޮޅެއްގެ ތެރޭ މި ބޭސް ބޭނުން ކުރުމުން، މަރުވާމީހުންގެ ނިސްބަތް ނުވަތަ އެނދުމަތި ކުރަންޖެހޭ މީހުންގެ ނިސްބަތް %89 ދަށް ކޮށްދޭ ކަމަށެވެ.
ފައިޒާ ކުންފުނިން އުންމީދު ކުރަނީ، ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ބަލީގެ ހާލަތު ބޮޑުވުމުގެ ކުރިން، ގޭގައި ތިބެގެން، ޕެކްސްލޮވިޑްގެ ނަމުގައި އެކުންފުނިން އުފައްދާފައިވާ މިބޭހުގެ ބޭނުން ކުރުމުން، ހޮސްޕިޓަލުގައި އެނދުމަތި ކުރަން ނުޖެހި ބައްޔަށް ލުއި ލިބިގެންދާނެ ކަމަށެވެ.
ޕެކްސްލޮވިޑް ގުޅަ ބޭސް އުފައްދާފައިވަނީ، އެންޓި ވައިރަލް އާ ބޭހެއް ކަމުގައިވާ ނަޔަރމަޓްރެލްވަޔަރގެ ނަން ދެވިފައިވާ ބޭހަކާއި، އަދި މިހާރުވެސް ބޭނުން ކުރެވެމުންދާ އެންޓި ވައިރަލް ބޭހެއް ކަމުގައިވާ ރިޓޮނަވަޔަރ ބޭނުން ކޮށްގެންނެވެ.
ފައިޒާ ކުންފުނިން އުފެއްދި މި ބޭސް ތަހުލީލު ކުރުމަށް އެއް މަސްދުވަސް ވަންދެން ކުރިޔަށް ގެންދިޔަ މަރުހަލާގައި ތަހުލީލުތަކުގައި ބައިވެރިވި 697 މީހުންގެ ހޮސްޕިޓަލުގައި އެނދުމަތި ކުރަންޖެހިފައިވަނީ އެންމެ 5 މީހުންނެވެ. މި ހުރިހާ މީހުންނަކީވެސް، ކޯވިޑަށް ޕޮޒިޓިވްވެ އަލާމާތްތައް ފެންނަން ފެށިތާ 3 ދުވަސް ތެރޭގައި ބޭސް ބޭނުން ކުރަން ފެށި ފަރާތްތަކެވެ.
ފައިޒާ ކުންފުނިން ހާމަ ކޮށްފައިވާ ގޮތުގައި، ކޯވިޑުގެ އަލާމާތްތައް ފެންނަން ފަށާތާ ފުރަތަމަ 5 ދުވަސްތެރޭ މިބޭސް ދިނުމުން، ބަލިން ރައްކާތެރި ކޮށްދޭ މިންވަރު ހުރީ 88 އިންސައްތާގައި ކަމަށެވެ. އަދި މި ދިރާސާއިން ދައްކާފައިވާ ގޮތުގައި، ބޭސް ކުރަން ފަށާތާ 5 ދުވަސްފަހުން، ހަށިގަޑުގައި ހުންނަ ވައިރަހުގެ މިންވަރު 10ގުނަ ދަށް ކޮށްދެއެވެ.
މި ބޭސް އަލަށް ފެނިފައިވާ އޮމިކްރޮން ވޭރިއެންޓާއި ދެކޮޅަށްވެސް މަސައްކަތް ކުރާކަށް ފައިޒާއިން ބުނެފައިވެއެވެ.
މި ބޭސް މިހާރުވަނީ އެމެރިކާގެ ފުޑް އެންޑް ޑަރަގް އޮތޯރިޓީ FDA އިން ހުއްދަ ދިނުމުގެ މަގުމަތީގައެވެ.
ކޮމެންޓު ފޮނުވާ