ދުވާފަރު މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެންގޮސްފި

ދުވާފަރު މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެންގޮސްފި

Author
މުޙައްމަދު ޝަޒައިމް
13 ޑިސެމްބަރ 2021 04:23
0

ރ.ދުވާފަރު މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، އޭބީސީ އަޅަން ބޭނުންވާ މެޓީރިއަލްސް ޕްރޮޖެކްޓު ސައިޓަށް ގެންގޮސްފިއެވެ.

ރ.ދުވާފަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ޕްލޭނިންގ މިނިސްޓްރީއިން މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ. މިރަށުގެ މަގު ހެދުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާއިރު، ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ މަގުތައްވެސް ހެދުމަށް ހަމަޖެހިފައިވަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށެވެ.

ދެވަނަ ފިޔަވަހީގައި ރަށުގެ މައި 7މަގުގައި ތާރުއަޅާނެވެ. މި މަޝްރޫޢުގެ ދަށުން، 17790 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 4960 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫޢެއް. މީގެ އިތުރުން އެރަށުގެ ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ 57 ޕަސެންޓްގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.