އަފްއާނިސްތާނުގެ ވަކިވަކި ފަރުދުންނަށް ފައިސާ ޓްރާސްފަރ ކުރުމުގެ ހުއްދަ އެމެރިކާއިން ދީފި

އަފްއާނިސްތާނުގެ ވަކިވަކި ފަރުދުންނަށް ފައިސާ ޓްރާސްފަރ ކުރުމުގެ ހުއްދަ އެމެރިކާއިން ދީފި

ވިޔަފާރިއާއި ގުޅުން ނެތް ކަންކަމުގައި، އަފްއާނިސްތާނުގެ ވަކިވަކި ފަރުދުންނަށް ފައިސާ ޓްރާންސްފަރ ކުރެވޭނެ އުސޫލެއް އެމެރިކާއިން ގާއިމް ކޮށްދީފިއެވެ.

މިގޮތުން، އަފްއާނިސްތާނުގެ ވަކިވަކި ފަރުދުންނަށް އަމިއްލަ ބޭނުންތަކަށް ފައިސާ ޓްރާންސްފަރ ކުރެވޭނެ ޚާއްސަ އުސޫލެއް އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ހުކުރު ދުވަހު ވަނީ އާންމު ކޮށްފައެވެ.

އެމެރިކާއިން އަފްއާނިސްތާނަށް ފައިސާ ފޮނުވޭނެ ޚާއްސަ އުސޫލެއް އާންމު ކޮށްފައި މިވަނީ އެގައުމުގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެ ކާނާއާއި އަދި އެނޫން ބައެއް ބާވަތްތައްވެސް ބޭނުންވާ މިންވަރަށް ނުލިބުމުގެ ދަތިކަން ވަރަށް ބޮޑަށް ފޯރާފައި ވަނިކޮށެވެ.

އެމެރިކާއިން އާންމު ކޮށްފައިވާ އުސޫލުގެ ދަށުން، ގައުމުން ބޭރުގައި ދިރިއުޅޭ އާއީލީ މެމްބަރަކަށް ނުވަތަ ގާތް ރަހުމަތްތެރިއަކަށްވެސް ކޮންމެވެސް މާލީ އިދާރާއެއް މެދުވެރިކޮށް އަފްއާނިސްތާނަށް ފައިސާ މިހާރު ޓްރާންސްފަރ ކުރެވިދާނެއެވެ.

އެމެރިކާއިންވަނީ، ތާލިބާން ޖަމާއަތާއި އަދި އެޖަމާއަތާ ގުޅުން އޮންނަ ހައްޤާނީ ނެޓްވާކަށާއި މި ދެޖަމާއަތާއި ގުޅުން އޮންނަ ފަރާތްތަކަށްވެސް ފައިސާ ޓްރާންފަރ ކުރުން މަނާކޮށްފައވެ. މި ދެ ޖަމާޢަތަކީވެސް އެމެރިކާއިން ޓެރަރިސްޓު ޖަމާއަތުގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ދެ ޖަމާއަތެވެ.

އެމެރިކާގެ ޑިޕާޓްމަޓް އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި، ތާލިބާން ޖަމާއަތާއި އެޖަމާއަތާއި ގުޅުން އޮންނަ ފަރާތްތަކަށް ފައިސާ ފޮނުވުން އަދިވެސް ހުއްދަ ކޮށްފައި ނުވާ ކަމުގައެވެ.

މިހަފްތާގެ ހުކުރުދުވަހު ވާރލްޑް ބޭނުން ބުނެފައިވަނީ، އަފްއާނިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން، އެބޭންކުން ހިފަހައްޓާފައިވާ 280 މިލިއަން ޑޮލަރުގެ ޓްރަސްޓު ފަންޑުން ފައިސާ އަފްއާނިސްތާނަށް ފޮނުވަން ފެށުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

ޔޫއެންގެ ވާރލްޑް ފުށް ޕްރޮގްރާމުން އިންޒާރު ދީފައިވާ ގޮތުގައި އަންނަ އަހަރުގެ މާރޗްމަސް އަންނަން ވާއިރަށް، އަފްއާނިސްތާނުގައި  22.8 މިލިއަން މީހުން ފުދޭވަރަށް ކާނާ ނުލިބުމުގެ ސަބަބުން ހާލުގައި ޖެހޭނެއެވެ. މިއީ އެގައުމުގެ އާބާދީގެ ދެބައިކޮށްފަ އެއްބަޔަށްވުރެ ގިނަ މީހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *