ދާދިފަހުން ސައުތު އެފްރިކާއިން ފެނިފައިވާ، ކޯވިޑް19ގެ ނުރައްކާތެރި އޮމިކްރޮން ވެރިއެންޓް ދުނިޔޭގެ 57 ގައުމަކަށް މިހާރު ފެތުރިފައިވާ ކަމަށާއި، އަދި ވައިރަސް އިތުރު ގައުމުތަކަށް ފެތުރި، ކުރިޔަށް އޮތްތަނުގައި އެނދުމަތި ކުރަންޖެގޭ ބަލި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެގެން ދާނެ ކަމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، WHOއިން ބުނެފިއެވެ.
ޑަބުލިއުއެޗްއޯއިން ކޮންމެ ހަފްތާކުވެސް އާންމު ކުރަމުންދާ އެޕިޑިމިއޮލޮޖިކަލް ރިޕޯޓުގައި ވާގޮތުން، އޮމިކްރޮން ވޭރިއެންޓުން ބަލި ޖައްސާ މިންވަރުގެ ކުޑަ ބޮޑު މިން ދެނެގަތުމަށާއި، މި ވޭރިއެންޓްގެ މިއުޓޭޝަންތަކުގެ ސަބަބުން ވެކްސިންތަކުން ލިއްބައިދޭ ރައްކާތެރިކަށް ދަންކޮށްދޭކަން ޔަގީން ކުރުމަށް އަދިވެސް އިތުރު މައުލޫމާތު ބޭނުން ވެއެވެ.
"މި ވޭރިއެންޓުގެ ނުރައްކާތެރިކަން ޑެލްޓާ ވޭރިއެންޓާއި އެއްވަރު ވިނަމަވެސް، ނުވަތަ ނުރައްކާތެރިކަން ދަށްވި ނަމަވެސް، ބަލި ޖެހެމުންދާ މީހުންގެ އަދަދު އިތުރު ވަމުންދާނަމަ، ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރަންޖެހޭ މީހުންގެ އަދަދު ދާނީ އިތުރުވަމުން، އަދި، ބަލި ޖެހެމުންދާ މީހުން އަދަދު އިތުރުވަމުން ދިއުމާއި، މަރުވާ މީހުންގެ އަދަދު އިތުރު ވެގެން ދިއުމާދެމެދު ވަގުތުތަކެއް ހިގާނެ،" ޑަބުލިއުއެޗްއޯގެ އެޕިޑިމިއޮލޮޖިކަލް ރިޕޯޓުގައި ބުނެފައި ވެއެވެ.
އެނެމެ ފުރަތަމަ ސައުތު އެފްރިކާއިން ފެނުނު، ކޯވިޑް19ގެ އޮމިކްރޯން ވޭރިއެންޓަކީ ކަންބޮޑު ވާނަޖެހޭ ވޭރިއެންޓެއްގެ ގޮތުއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައެޅީ ފާއިތުވެދިޔަ ނޮވެމްބަރު މަހުގެ 26ވަނަ ދުވަހުއެވެ. އަދި މިއީ، ސިއްޙަތު ޖަމިއްޔާއިން ކަންބޮޑު ވާންޖެހޭ ދަރަޖައިގަ ކަޑައެޅި، ކޯވިޑ19ގެ 5 ވަނަ ވޭރިއެންޓެވެ.
މި އާ ވޭރިއެން އެންމެ ފުރަތަމަ ފާހަގަ ވެގެން އައި ހަފްތާ ތެރޭގައި، ޑިސެމްބަރު މަހުގެ 5 ދުވަހާ ހަމައަށް ދެކުނު އެފްރިކާގައި ކޯވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވަނީ ދެގުނަ ވެފައެވެ. މިގޮތުން އެ ހަފްތާގައި 62،000 އަށްވުރެ ގިނަ މީހުން ވަނީ މިބައްޔަށް ދެކުނު އެފްރިކާގައި ޕޮޒިޓިވް ވެފައެވެ. އަދި މި ބަލި އެފްރިކާ ބައްރުން، އެސްވަޓިނި، ޒިންބާބުވޭ، މޮޒަންބީކު، ނެމީބިއާ، އަދި ލެސޯތޯއިން ވަނީ ފެނިފައެވެ.
ކޮމެންޓު ފޮނުވާ