ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފިއެވެ.
މިމަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފައިވަނީ ޏ.ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް މިދިޔަ މަހުގެ 6 ވަނަ ދުވަހު ވަނީ ފަށާފައި ކަމަށެވެ.
ޏ. ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިއްޖެ. އަދި ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް 6 ޑިސެމްބަރ 2021 ވަނަ ދުވަހު ވަނީ ފަށާފައި.#MTCCProjects #RayyithungeKunfuni pic.twitter.com/FeDvHk0GLA
— MTCC Plc (@MTCCPlc) December 9, 2021
މި މަޝްރޫޢުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި މަޝްރޫޢަކީ 271.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ