ބާރާއި އިޚްތިޔާރު ލިބިގެންވާ ފަރާތުން އެ ރަނގަޅުގޮތުގައި ބޭނުންކުރަން ދަސްކުރަންޖެހޭ ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޕާސްޕޯޓު ހިފަހައްޓައި އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ވަޑައިގަތުން މަނާކުރުމުގެ އަމުރެއް ނެރުމުގައި އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގެންފާނެ ކަމުގެ ހެއްކެއް ކަމަށް ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ގޭ ބަންދުގައި ހުންނެވުމަށްފަހު ފިއްލެވުން ދައުލަތުން ހެއްކެއްގެ ގޮތުގައި ނެގި މައްސަލާގައި ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިއީ ޤާނޫނީ ހަމަތަކުން ބަލާއިރު ހުއްޖަތް ގާއިމްކުރެވޭ ފަދަ ކަމެއް ނޫންކަމަށެވެ.
މީހެއްގެ މައްޗަށް ކުށް ސާބިތު ކުރުމަށް މައުޟޫޢީ ޙަޤީޤަތްތަކުގެ މައްޗަށް ބިނާވެގެންވާ ޤާނޫނީ ހުއްޖަތެއް ދެއްކިގެން ނޫނީ އެކަން ބަލައި ނުގަނެވޭނެކަން ދައުލަތަށް އެގެންޖެހޭކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މައުޟޫޢީ ޙަޤީޤަތްތަކުގެ މައްޗަށް ބިނާވެގެންވާ ޤާނޫނީ ‘މަންތިޤު” ޤަބޫލުކުރާ ޙުއްޖަތެއް ނޫނީ ތިބާވަތުގެ މައްސަލަތަކުގައި ބަލައި ނުގަނެވޭނެކަން ދައުލަތް ތަމްޘީލުކުރާ ފަރާތަށް އެނގެންޖެހޭނެ. ބާރާއި އިޚްތިޔާރު ލިބިގެންވާ ފަރާތުން އެ ރަނގަޅުގޮތުގައި ބޭނުންކުރަން ދަސްކުރަންޖެހޭ!
– ޑރ.އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
ޝަރީޢަތް ނިމެންދެން ރައީސް ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދޭންޖެހޭ ތަނެއް ނެތްކަމަށް ކްރިމިނަކް ކޯޓުން ވަނީ ނިންމާފައެވެ. މިމައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކުރެއްވުމަށްފަހު މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ޤާޞީ ޙަސަން ޝަކީލް ވިދާޅުވީ، ޕާސްޕޯޓު ހިފެހެއްޓުމަށް ހުށައެޅި ހުށައެޅުމުގައި ރައީސް ޔާމީން ރާއްޖެ ދޫކޮށް ފުރާފާނެކަމަށްބެލެވޭ އެއްވެސް ހެއްކެއް ބަޔާންކޮށްފައި ނުވާކަމަށެވެ. އެހެންކަމުން ވުޖޫދުގައި ނެތް ޕާސްޕޯޓެއް ހިފެހެއްޓަންޖެހޭ ޤާނޫނީ ސަބަބެއް އެއްވެސް ސަބަބެއް ނެތްކަމަށެވެ.
ރައީސް ޔާމީނަކީ މިހާތަނަށް އައި އިރު ވެސް ޝަރީއަތަށް އެއްބާރުލުންދީ، ކޯޓުން އަންގާ ވަގުތަކަށް ހާޒިރުވަމުން ވެސް އަންނަ ބޭފުޅަކަށް ވާތީވެ އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމުގައި ގާޒީ ކަނޑައެޅުއްވިއެވެ.