ފޯކައިދޫ ބަނދަރު މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިންމައިފި

ފޯކައިދޫ ބަނދަރު މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2021 03:34
0

ށ.ފޯކައިދޫ ބަނދަރު މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ނެރު ފުންކުރުމުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިފައިވާކަމަށެވެ. ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީގެ ފްލީޓްގެ އެންމެބޮޑު އެކްސްކަވޭޓަރ ބޭނުންކޮށްގެން.

މި އެކްސްކަވޭޓަރ ގެ ސަބަބުން މަސައްކަތުގެ ސްޕީޑް އެތައްތަނެއް އަވަސްވެގެންދާއިރު، މި އެކްސްކަވޭޓަރގައި 70 ޓަނުގެ ކެޕޭސިޓީ ހުންނަ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން 39,995 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާބަރ ބޭސިން ފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި،507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

އަދި 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 52.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.