ސަމީރު، ޔާމީނަށް: ބުއްދި ސަލާމަތުން ހުރުމަކީ ވެރިކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތެއް

ސަމީރު، ޔާމީނަށް: ބުއްދި ސަލާމަތުން ހުރުމަކީ ވެރިކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތެއް

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2021 07:27
0

ވެރިކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ބުއްދި ސަލާމަތުން ހުރުމަކީ ޝަރުތެއް ކަމަށްބުނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރުގެ ރައްދެއް ރައީސް ޔާމީނަށް ދެއްވައިފިއެވެ.

ދެއަހަރަށްފަހު ރޭ ގިނަ އަދަދެއްގެ ބަޔަކާއިއެކު އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި މިސަރުކާރަށް ރައްޔިތުންގެ ކަންކަން ނުކޮށްދެވޭނަމަ ވެރިކަމުން ފޭބުމަށް ރައީސް ޔާމީން ގޮވާލި ގޮވާލުމަށް ރައްދު ދެއްވަމުން ސަމީރު ވަނީ ރައީސް ޔާމީނަކީ ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރި ބޭފުޅެއް ނޫންކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ނިމިދިޔަ ވެރިކަމުގައި ހިންގި ޖަރީމާތަކާއި، ކަންކަން ކުރެއްވި ގޮތް މިއަދު ހަނދާން ނެތުމަކީ މައްސަލައެއް ކަމަށެވެ.

ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތް، ތިމާ ވެރިކަމުގެ ބާރުގައި ހުރިއިރު ޖަރީމާ ވެރިކަން ކުރެއްވި އަނިޔާވެރި ގޮތްތައް ހަނދާން ނެތިއްޖެ. ބުއްދި ސަލާމަތުން ހުރުމަކީ ވެރިކަމަށް ކުރިމަތި ލުމުގެ ޝަރުތެއް.

– ސަމީރު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކަންކަން ކުރައްވަންނޭގޭ ކަމަށް ވިދާޅުވެފައެވެ. އަދި މިސަރުކާރުގެ ބޮޑު މަސައްކަތަކަށް ވެފައިވަނީ ކުރީ ސަރުކާރުން ހިންގި މަޝްރޫޢުތައް އިފްތިތާހުކޮށްދީ ރިބަންފަށް ކެނޑުންކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ފާޑުވިދާޅުވެ ޓުވީޓު ކުރެއްވި ސަމީރަކީ، ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި ނަމަވެސް މާގިނައިން ކަންކަމުގައި ހަރަކާތްތެރިވާތަން ނުފެންނަ ސިޔާސީ ބޭފުޅެކެވެ. ސަމީރަކީ ވެރިކަން ކުރާ ކޯލިޝަންގެ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތަކަހޮޅި
ސަމީރަކީީ ލާރިފޮއްޗެއްް ދީފިއްޔާާ ކޮންމެފަދަަ ކަމެއްކޮއްފާނެެ ދަހިވެތިި މަކަރުވެރިި އަނިޔާވެރިި ލަދުހަޔާތްކުޑަަ މޮޔަމީހާގަޑެއް
ކ ކަތީބު
ތި އާލާތުން ތީ ބުރުމާގެ ޕަޕެޓުން ހަޖަމްނުވެގެން ގުދޯގުދޯ ކިޔަނީ ރ ޔާމީން އައް އޮތް ތާއީދު މިގައުމުގެ އެހެން އެއްވެސް ލީދަރަކައްނެއް.
މ މުރާދު
ސަމީރަށް ގާސިމު ސަލާންބުނި. ޚޮބާ މީހާގެ ލަދުހަޔާތް. ގާސިމަށް ތަސްބީހަ ޖިޔައިގެނއ މިނިސްޓްރުކަން ހޯދުމަށް ފަހު ގައްދާރުވީ. 2023 ގައި ބުއްދި ފެންނާނެ.
R Rty
ޟމިސަމިރުގެ ހަޔަކޮބަ ގުދޮގުދޮގޮވަނި
ތީގައުމު އަޅުވެތިކޮށް ވިއްކާ މަކަރުވެރި ބައެއް ދެން އިންޑިޔާ އެންބަސީ އަށްގޮސް ތިޔަކަމުގެ އަގުހޯދާ ހިޔަޅު ބައެއް
ބ ބުއްދި
ބުއްދި ސަލާމަތުން ތިބީމަތޯ ތި މުޅި ގައމު ދަރުވާލަލާ އޮޔާލާ ގައުމު އަޅުވެތި ކުރަނީ،؟ ސަމީރޫ؟ ރޔާމީން ޖަރީމާ ހިންގިނަމަ ރޔާމީން މިއަދުވެސް އޮންނަވާނީ ޖަލުގާ، ބުރުމާ ގާސިމާ ދެންވެސް ތިބި ބަޔަކު ގައުމުގެ ޚަޒާނާ ހުސް ކުރަނީ ބުއްދި ސަލާމަތުން ތިބިގެންތޯ، ކަމެއް ކުރަން ނޭނގޭތާގަ ބަހެއް ވެސް ބުނަން އެނގޭނަމަ ތާހިރު ވީސް، އަގަ އޮތިއްޔާ ކާޅެއް ނުކާނޭ ބުނަނީ ތިބާވަތުގެ މީހުނަށް.
ޢ ޢަވާމެނދުރު
Ahenveto mihaaru buhdi ehaa hamajehifaa visnun ragalee
އ އައިސް
ކާޅު ސަމީރު