"241 ކޮމިޓީ އަކީ ސަރުކާރުގެ ރަބަރ ސްޓެމްޕަކަށް ވުމުން ދިވެހިންނަށް ލިބޭ ގެއްލުން މާބޮޑު"

"241 ކޮމިޓީ އަކީ ސަރުކާރުގެ ރަބަރ ސްޓެމްޕަކަށް ވުމުން ދިވެހިންނަށް ލިބޭ ގެއްލުން މާބޮޑު"

ޤައުމަށް ޤައްދާރުވުމުން ދިވެހިންނަށް ލިބޭ ގެއްލުން މާ ބޮޑުވާނެކަމަށް ވިދާޅުވެ، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް، މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް ޢުމަރު ފާޑުވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ ކަމެއް ހިމެނޭތޯ ބަލައިދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެންބަރު ޢާދަމް ޝަރީފު ހުށަހަޅުއްވި މައްސަލާގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމީ އެ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އެއްވެސް ގެއްލުމެއްނެތްކަމަށެވެ. އެމްޑީޕީގެ އަޣްލަބިއްޔަތު އޮންނަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241)އިން އެގޮތަށް ފާސްކޮށްފައިވުމުން އިދިކޮޅުން އަންނަނީ ފާޑުވިދާޅުވަމުންނެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވ، ީޤައުމަށް ޤައްދާރުވުމުން ދިވެހިންނަށް ލިބޭ ދެރައާއި ގެއްލުން މާބޮޑުވާނެކަމަށެވެ. އަދި 241 ކޮމިޓީއަކީ ސަރުކާރުގެ "ރަބަރު" ސްޓޭމްޕަކަށް ވުމުން ދިވެހިންނަށް ލިބޭ ގެއްލުން ވަކިން ބޮޑުވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިންޑިއާ އެގްރީމަންޓްތަކާއި ގުޅިގެން 241 ކޮމިޓީން ކަންކުރީ ސަރުކާރު ބޭނުންވިގޮތަށްކަމަށެވެ.

އިންޑިއާ އެއްބަސްވުންތަކާއި ގުޅޭގޮތުން 241 ކޮމިޓިގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެފައިވަނީ ރާއްޖެއިން އެތައްބަޔަކު އެކި ކަންކަމުގައި އިންޑިއާއަށް އަބަދުވެސް ދާކަމަށާ އެޤައުމުން އެތައް ކަމެއްގައި ޒަމާނުއްސުރެ ރާއްޖެއަށް ބޮޑެތި އެހީތަކެއް ވަމުން އަންނައިރު ސިޔާސީ މަޤްސަދެއް ޙާސިލުކުރުމަށް އިންޑިއާއާމެދު ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރުމަކީ ކުރަންވާވަރުގެ ކަމެއް ނޫންކަމަށެވެ.

ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައިވެސް އިންޑިއާއާއެކު ގާތްގުޅުމެއް ބާއްވަމުން އައިކަމަށާ، ކޯވިޑާ ގުޅިގެންނާއި އުމްރާނީ ތަރައްޤީގައިވެސް އިންޑިއާއިން އެތައް އެހީތަކެއްވެ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިކަމަށް އަންނަ ޤައުމަކަށް އިންޑިއާ މިއަދު ވެފައިވާއިރު، ރުޅިވެރިކަމާއި ނަފުރަތު ބައެއްގެ ތެރޭގައި އަށަގަންނުވާނަމަ އެކަން ހައްދުފަހަނައަޅައި ހިނގައިދާނެކަމުގެ ބިރުވެރިކަން އެބައޮތްކަމަށް އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުނަތައް ހާމަކުރުމަށް ގޮވާލައި އެތައް ސަތޭކަ ބަޔަކު ދަނީ މާލެއާއި އަތޮޅު ތެރޭގައިވެސް ބޮޑެތި އެއްވުންތައް ބާއްވަމުންނެވެ. މިއެއްވުނަތަކުގެ މައުލޫމާތު ބައިނަލް އަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައިވާއިރު، ސަރުކާރުން ބުނަމުންދަނީ އިންޑިއާއާއި ރާއްޖެއާއި ދެމެދު ގޮތްނޭގޭ އަދި މިނިވަންކަމަށް ބުރޫއަރާފަދަ އެއްބަސްވުމެއް ހެދިފައި ނުވާނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އާދަން ސަރީފު ހުށައެޅި ގަރާޜު ކަމަކުނުދޭ އަސްލު ހުށައަޅަންވީ ބުލިޗް އެތެރެ ކުރުން މަނާކުރާ ގަރާރެއް ކޮބައިތޯ ލަދުހަޔާތުގެ ކަންފުޅެއްވެސްހަމަ ނެތީތޯ

Leave a Reply

Your email address will not be published. Required fields are marked *