ލުތުފަރު މަރުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު

ލުތުފަރު މަރުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2020 08:06
0

ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ލުތުފަރު، މަރާލި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލް ކޮށްފިއެވެ.

ލުތުފަރުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލުތުފަރާއެކު އެއްބޯޓެއްގައި މަސައްކަތްކުރި ތިން މީހުންކަމަށްވާ އަލަމިން، ނޫރުލްއިސްލާމް، އަދި އެމްޑީ އަޚްތަރު ހުސެއިންގެ މައްޗަށެވެ. ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާއެވެ. ލުތުފަރު މަރާލާފައިވަނީ ކުރިމަގު ބޯޓުގެ ތައްޓު މައްޗަށް ލުތުފަރު ވައްޓާލައި ނޭވާ ހާސްކޮށްލައިގެންކަމަށްވެސް މިމައްސަލައިގެ ދައުވާގައިވެއެވެ. މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ލުތުފަރު ގެއްލިގެން ހޮދަމުން ދަނިކޮށް އޭނާ ފެނިފަިވަނީ ޅައިމަގު ކަނޑު ބޭރުގައި ފައްތާފައިވަނިކޮށްފެވެ.

ލުތުފަރު މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުގެ މައްޗަށް ބޭއްވޭ އިބްތިދާއީ އަޑުއުހުމެއް ތާވަލްކޮށްފައި މިއަދުގެ 9 ޖަހާއިރަށެވެ. މި މައްސަލާގައި މިދިއަ މަހުގެ 25 ވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ވަނީ ދައުލަތުން ދައުވާކުރާ ތިން ބިދޭސީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކި ހުށަހަޅާފައެވެ. ނަމަވެސް ދައުވާލިބޭ ދެމީހުން ދައުވާއަށް އިންކާރުކޮށްފައެވެ.

މި ތިން މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިއުތިރާފް އެއްބަސްވުމުގެ ދަށުން އެއްބަސްވުމަށްފަހު ކޯޓުގައި ދައުވާއަށް އިންކާރުކުރުމުން ދައުލަތުން އެދުނުގޮތަށް އަލުން ތަހުގީގް ފުރިހަމަކޮށް ވަނީ ކޯޓަށް ހުށައަޅާފައެވެ. އަދި ތަހުގީގް ފުރިހަމަކުރުމަށްފަހު މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން އިއްވި ދައުވާގައި ވަނީ އަލަމިންއާއި ލުތުފަރާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި ލުތުފަރު  އެބޯޓުގެ ތެރެއަށް ވައްތާލުމަށްފަހު ލަމިން، ނޫރުލްއިސްލާމް، އަދި އެމްޑީ އަޚްތަރު ބައިވެރިވެގެން ލުތުފަރުގެ ކަރުގައި ހިފާ ނޭވާ ހާސްކޮށްލުމަށްފަހު މަރާލީކަމަށެވެ.

މިދައުވާ އިއްވެވުމުން އަލަމިންއާއި ނޫރުލްއިސްލާމް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ދައުލަތުން ވަނީ އެމީހުންނާ ދެކޮޅަށް 14 މީހަކާއި 7 ކިތާބީ ހެކި ހުށައަޅާފައެވެ. ހެކީގެ ތެރޭގައި ޅައިމަގުގެ ބައެއް މީހުންނާއި، ފުލުހުންވެސް ހިމެނެއެވެ.

މިއާއެކު މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ހުށައެޅި ހެކިތައް މަދަނީ ނިންގަނޑަކުން ބަލައިރު އަލަމިންއާއި ނޫރުލް އިސްލާމްގެ ބައި ކުރިއަށް ގެންދެވޭނެކަމަށެވެ. އެހެންކަމުން ޝަރިޢތަުގެ ކުރީގެ ހުށަެޅުންތައް ހުށައެޅުމަށް 15 ދުވަސް ދިނުމަށްފަހު ވަނީ ދިފާއީ ހެކިން ހުށައެޅުމަށް 2 ދުވަހުގެ މުހުލަތެއް ދީފައެވެ.

ނަމަވެސް އެމްޑީ އަޚްތަރު ޙުސައިންގެ ދިފާއީ ވަކީލެއް ނެތުމުން އޭނާއަށް ވަނީ ވަކީލަކު ހަމަޖެއްސުމަށް 5 ދުވަހުގެ މުހުލަތެއް ގާޒީ ދެއްވާފައެވެ. މިއަދުގެ ޝަރީއަތުގައި ދައުވާ ލިބޭފަރާތުގެ ދިފާއީ ވަކީލުން ވަނީ މިމައްސަލައިގެ ޝަރީޢަތްތައް ނުބޭއްވި ބަންދުގައި ގިނަދުވަހު ތިބެންޖެހުމުން އެމީހުންގެ އާއިލައަށް ބޮޑު ގެއްލުންތަކެއް ލިބެމުންދާތީ މައްސަލަ ކުރިއަށް ގެންދާނެގޮތުގެ ތަޢާވަލެއް ދެއްވުމަށް އެދިފައެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ އަސްލު ޝަރއަތުގެ އަޑުއެހުންތައް ފެށުމުން އަޑުއެހުންތައް ކުރިއަށް ގެންދާނެގޮތުގެ ތައާވަލެއް ދެއްވާނެކަމަށް ވިދަޅުވެފައެވެ.

ކުރިމަގު ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ލުތުފަރު މަރާލީ އެއް ޖިންސުން ގުޅުން ހިންގާކަމުގެ ތުހުމަތުގައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މަރާލާފައިވާ ލުތުފަރުގެ ހަށިގަނޑު ހޯދާފައިވަނީ ކަނޑުގެ އަޑިންނެވެ. މި ބައިތައް ހޯދާފައިވަނީ އޭނާގެ ހަށިގަނޑު އޮތްކަމަށް ބެލެވޭ ސަރަހައްދު ޑައިވްކޮށްގެން ބެލިބެލުމުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.