ރިސޯޓް މުވައްޒަފު އަތުން ފައިސާފޭރިގަން މައްސަލާގައި އަވަސް ފިޔަވަޅުއެޅުމަށް ލޭބަރ ޕާޓީން ގޮވާލައިފި

ރިސޯޓް މުވައްޒަފު އަތުން ފައިސާފޭރިގަން މައްސަލާގައި އަވަސް ފިޔަވަޅުއެޅުމަށް ލޭބަރ ޕާޓީން ގޮވާލައިފި

Author
މުޙައްމަދު ޖިމީ
03 ޑިސެމްބަރ 2021 10:43
0

ރިސޯޓު މުވައްޒަފަކު މާލޭ ގެއަކަށް ވައްދައި، ބިރުދައްކައިގެން 2،000 ޑޮލަރު (30،840 ރުފިޔާ) ފޭރިގެން މައްސަލަ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ތަޙުޤީގުކޮށް އަވަސް ފިޔަވަޅު އެޅުމަށް މޯލްޑިވްސް ލޭބަރ ޕާޓީން ގޮވާލައިފިއެވެ.

މޯލްޑިވްސް ލޭބަރ ޕާޓީ (އެމްއެލްޕީ)އަކީ އެޕާޓީއަކީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކުރުމާއި އިޖްތިމާޢީ އަދާލަތު ޤާއިމްކޮށްދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޕާޓީއެކެވެ.

ރިސޯޓު މުވައްޒަފަކު މާލޭ ގެއަކަށް ވައްދައި، ބިރުދައްކައިގެން 2،000 ޑޮލަރު ފޭރިގަތް މައްސަލަ އާދީއްތަ ދުވަހު ފުލުހަށް ހުށައަޅާފައެވެ. މި މައްސަލައާއި ގުޅިގެން ލޭބަރ ޕާޓީން ބުނީ ބުރަ މަސައްކަތްކޮށްގެން ހޯދާ ފައިސާ އަދި މުދަލަށް ފުރިހަމަޔަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށެވެ. މިފަދަ މައްސަލަތަށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ތަޙުޤީގުކޮށް އަވަސް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާކަމަށްވެސް އެޕާޓިން ބުންޏެވެ.

2000 ޑޮލަރު ފޭރިގެން މައްސަލާގައި ފުލުހުން ވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، އަހްމަދު ނަބީލު 27، މ. ގޯލްޑަން ލީފް އާއި، އަލީ އީޝާދު 28، ސ. ހިތަދޫ/ސޯސަން އެވެ.

އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ، ބިރުދެއްކުން/ބްލެކްމެއިލް ކުރުން/ ފޭރުމުގެ ތުހުމަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.