ރޮނާލްޑޯގެ 2 ގޯލާއެކު ޔުނައިޓެޑުން އާސެނަލް ބަލިކޮށްފި

ރޮނާލްޑޯގެ 2 ގޯލާއެކު ޔުނައިޓެޑުން އާސެނަލް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ 2 ލަނޑާއެކު މެންޗެސްޓަރ ޔުނައިޓެޑުން އާސެނަލް ބަލިކޮށްފިއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ އާސެނަލްގެ މައްޗަށް ޔުނައިޓެޑް ކުރިހޯދީ 2-3 ގެ ނަތީޖާއަކުންނެވެ.

މި މެޗަކީ ޔުނައިޓެޑްގެ ކުރީގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިވި ފަހުން ޔުނައިޓެޑްގެ ދަނޑުގައި ލީގު މެޗެއް ކުޅުނު ފުރަތަމަފަހަރެއެވެ. ސޯލްޝެއާ ޔުނައިޓެޑް ދޫކޮށްލުމުން، ވަގުތީ ގޮތުން ޔުނައިޓެޑަށް އިރުޝާދު ދިނީ އެސިސްޓަންޓް ކޯޗު ކެރިކްއެވެ. ކެރިކްވެސް ވަނީ އާސެނަލްމެޗަށް ފަހު ޔުނައިޓެޑް ދޫކޮށްލަން ނިންމިކަން އިޢުލާންކޮށްފައެވެ. ކެރިކް ޔުނައިޓެޑަށް ކޯޗުކަންކޮށްދިން 3 މެޗުންވެސް ޔުނައިޓެޑް ބަލިވެފައެއް ނުވެއެވެ. އެއީ ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް އަތުން މޮޅުވި މެޗާއި، ލީގުގައި ޗެލްސީ އަތުން މިދިޔަ ހަފްތާ އެއްވަރުވި މެޗުގެ އިތުރުން އާސެނަލް އަތުން މޮޅުވިމެޗެއެވެ.

15 އަހަރަށް ފަހު ކެރިކް ޔުނައިޓެޑް ދޫކޮށްލަން ނިންމާފައިވާއިރު، ދެން ޔުނައިޓެޑާއި ހަވާލުވާނީ ޖަރުމަނުގެ ކޯޗު ރަލްފް ރަންގްނިކްއެވެ. ރަންގްނިކް ވަނީއާސެނަލް އާއި ޔުނައިޓެޑް މެޗު ބެލުމަށް ދަނޑަށްވެސް ގޮސްފައެވެ. ރަންގްނިކްގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ ޕްރިމިއާލީގުގައި އާދީއްތަ ދުވަހު ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅޭ މެޗެއެވެ.

ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސެނަލް އިންނެވެ. މެޗުގެ 13 ވަނަ މިނިޓްގައިއާސެނަލަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެމިލް ސްމިތުރޯވްއެވެެ. އޭނާ މި ލަނޑު ޖެހިއިރު، ޔުނައިޓެޑްގެ ކީޕަރ ޑެހެއާ އޮތީ ޔުނައިޓެޑްގެ މިޑްފީލްޑަރު ފްރެޑްގެފައިން ޑެހެއާ ފައިމައްޗަށް އެރުމުން ދަނޑު މައްޗަށް ވެއްޓިފައެވެ. އެހެންކަމުން ރެފްރީ ފުރަތަމަ ނިންމީ މި ލަނޑު ބަލައިނުގަތުމަށެވެ. ނަމަވެސް ވީއޭއާރުބެލުމަށްފަހު ފަހުން ވަނީ ސްމިތު ރޯވް ޖެހި ލަނޑު ބަލައިގަތުމަށް ނިންމާފައެވެ.

މި މެޗުގައި ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފް ނިމެން އެންމެ މިނެޓަކަށް ވެފައިވަނިކޮށެވެ. ފްރެޑްގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކޮށްދިނީބްރޫނޯ ފެނާންޑޭޒްއެވެ.

މެޗުގެ ދެވަނަ ހާފް ފަަށައިގެން 52 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. މި ލަނޑަކީ ރޮނާލްޑޯގެކެރިއަރުގައި އޭނާ ޖެހި 800 ވަނަ ލަނޑެއެވެ. ރޮނާލްޑޯގެ މި ލަނޑާއެކު ޔުނައިޓެޑަށް ލީޑުގައި އޮވެވުނީ ކުޑަ ހިނދުކޮޅަކުއެވެ. ލީޑު ނެގިތާ 2 މިނެޓު ފަހުންއާސެނަލްގެ މާޓިން އޮޑެގާޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި މެޗުުން ޔުނައިޓެޑް މޮޅުވީ ފްރެޑަށް އޮޑެގާޑް ކުރި ފައުލަކާއި ގުޅިގެން ލިބުނުޕެނަލްޓީ ރޮނާލްޑޯ ކާމިޔާބުކުރުމުންނެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 14 މެޗުން ލިބުނު 21 ޕޮއިންޓާއެކު ލީގު ތާވަލްގެ ހަތް ވަަނައިގައެވެ. އާސެނަލް އޮތީ 14 މެޗުން ލިބުނު 23 ޕޮއިންޓާއެކުފަސް ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *